މާލޭގެ މަގެއްގެ މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ހިންގާތީ އެކަން ނުކުރުމަށް ތަކުރާރުކޮސް ނަސޭހަތްތެރިވުމަށްފަހު މާލޭ ސިޓީ ކައުންސިލުން ފިހާރައެއް ޖޫރިމަނާކޮށްފި އެވެ.
މާލޭ ސިޓީކައުންސިލުން ސޯޝަލް މީޑިއާގައި ވަނީ އެ ފިހާރަ ޖޫރިނަމާކުިރިކަން ހާމަކޮސް ޕޯސްޓެއްވެސް ކޮށްފައެވެ. އެ ޕޯސްޓްގައި މާލެސިޓީކައުންސިލުން ބުނެފައިވަނީ ކުރިކީލަ މަގުގައި ހުންނަ މއ. ބަރުރާ މާޓް ކިޔާ ފިހާރައިގެ ބޭރުން މަގުމަތީ މުދާ ބަހައްޓައިގެން ވިއްކާތީ އެކަން ރަނގަޅުކުރުމަށް އެ ފިހާރައަށް ތަކުރާރުކޮށް އަންގައި ނަސޭހަތްތެރިވުމުންވެސް އެކަން ހައްލުކޮސްފައިނުވާތީ އެ ފިހަރަ ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މަގުމަތީ މުދާ ބަހައްޓައިގެން ވިއްކަމުންދާތީ އެކަން ހުއްޓުވާ ފިޔަވަޅު އެޅިފައި. pic.twitter.com/VjHz3SpFYQ
— Malé City Council (@MaleCitymv) July 13, 2026
އަދ އެފިހާރަ ޖޫރިމަނާ ކުރިކަން އެންގި ސްލިޕވެސް ސިޓީކައުންސިލުންވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.