މާލެ ކާސިންޖީ މަގުގައި ދޮންނަ މެޝިނެއް ބެހެއްޓިފަރާތެއް ހޯދަމުންދާކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެކްސް ގައި ކޮސްފައިވާ ޕޯސްޓުގައި މާލެ ސިޓީ ކައުންސިލުން ބުނެފައިވަނީ ކާސިންޖީމަގުގައި ދޮންނަ މެޝިން ބެހެއްޓި ފަރާތެއް ހޯދުމުގެ މަސައްކަތް އެކައުންސިލުން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކާސިންޖީމަގުގައި ބަހައްޓާފައި ހުރި މެޝިނެއް، މި މެޝިން ބެހެއްޓި ފަރާތެއް ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ އަޅުގަނޑުމެންގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުއްވައި ދެއްވުން އެދެން،މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ." މާލެސިޓީޫ ކައުންސިލުން ބުނެފައި ވެއެވެ.
އަދި މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތަށް ފާހަގަ ކުރެވޭނަމަ އެކައުންސިލްގެ ހޮޓްލައިން 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުއްވައި ދެއްވުން އެދޭ ކަމަށްވެސް އެ ކައުންސިލުން ބުނެފައި ވެއެވެ.