މަރަދޫގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ގެއެއް ކޯޓުން ބަންދުކުރުވައިފި

އައްޑޫސިޓީ މަރަދޫގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ގެއެއް ކޯޓުން ބަންދުކުރުވައިފިއެވެ.

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދެމުންއައި އައްޑޫސިޓީ މަރަދޫގެ އެ ގެ ބަންދުކުރުމުގެ އަމުރު ނެރެފައިވަނީ  މަރަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އެ ގޭގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންގެންދާތީ އިއްޔެއިން ފެށިގެން 90 ދުވަހަށް އެ ގެއަށް ވަދެ ނިކުތުން މަނާ ކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ. ނަމަވެސް އެ ޤާނޫނުގެ ދަށުން އައްޑޫސިޓީ ހިތަދޫ ‏މެޖިސްޓްރޭޓް ކޯޓުން ވަނީ ހިތަދޫގެ 2 ގެއެއް ބަންދުކުރުމަށް 2 އަމުރެއް ނެރެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *