Ad
ޖިމް އިންސްޓޯލްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ:ޔޫތު މިނިސްޓްރީ
ޖިމް އިންސްޓޯލްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން. ފޮޓޯ:ޔޫތު މިނިސްޓްރީ

29 ރަށުގައި އައުޓްޑޯ ޖިމް އިންސްޓޯލްކުރުމަށް ބަޔަކާ ހަވާލުކޮށްފި

29 ރަށެއްގައި އައުޓްޑޯ ޖިމްގެ ސާމާނު އިންސްޓޯލްކުރުމަށް ކްރިނޯޒް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އަސްހަދު އަލީއެވެ. އަދި ކްރިނޯޒް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިނާޔަތު ތައުފީޤެވެ.

މިއަދު ވި މިއެއްބަސްވުމަކީ، އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ޤާއިމްކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 29 ރަށެއްގައި އައުޓްޑޯ ޖިމް ޤާއިމްކުރުމަށް ވި އެއްބަސްވުމެކެވެ. މިމަސައްކަތް ކްރިނޯޒް ގްރޫޕާއި ހަވާލުކޮށްފައިވަނީ،4.4  މިލިއަން ރުފިޔާއަށެވެ.

މި އެއްބަސްވުމުގެ ދަށުން އައުޓްޑޯ ޖިމް ޤާއިމްކުރާ ރަށްތަކަކީ:

އއ. ހިމަންދޫ

އއ. އުކުޅަސް

އއ. ތޮއްޑޫ

ދ. މީދޫ

މ. ވޭވަށް

މ. ނާލާފުށި

ފ. ދަރަނބޫދޫ

ފ. ފީއަލި

ތ. ހިރިލަންދޫ

ތ. ކިނބިދޫ

ތ. ކަނޑޫދޫ

ލ. މާވަށް

ލ. މާބައިދޫ

ލ. އިސްދޫ

ލ. ފޮނަދޫ

ލ. ހިތަދޫ

ލ. މާމެންދޫ

ލ. ގަން

ގއ. ކޮލަމާފުށި

ގއ. ކަނޑުހުޅުދޫ

ގއ. ކޮނޑޭ

ގއ. ދާންދޫ

ގދ. ގައްދޫ

ގދ. ތިނަދޫ

ގދ. ހޯޑެއްދޫ

ޏ. ފުވައްމުލައް

ސ. މަރަދޫ

ސ. ހިތަދޫ

ސ. މަރަދޫ-ފޭދޫ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *