މިރެއަކީ ދުނިޔޭގެ ތައްޓަށްކުޅޭ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ސްޕޭނާއި އާޖެންޓީނާ ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅޭނެ ރެއެވެ. މިރޭ މެޗަކީ އެތައް މިލިއަން ބަޔަކު ޓީވީން ލައިވްކޮށް ބަލާނެ މެޗެކެވެ. ޚާއްޞަކޮށް އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއި ސްޕޭންގެ ޔަމާލްގެ ވާދަވެރިކަން މިރޭ ފެންނާނެކަމުގައި ބެލެވެއެވެ.
މިރޭ މެޗު ފޯރިގަދަވާނެކަމުގައި ބެލެވެނީ އެހެން ސަބަބަތަކަކާވެސް އެކުގައެވެ. އެއީ، މުބާރާތް ބާއްވަނީ އެމެރިކާގައިކަމުގައި ވެފައި، އެމެރިކާއަކީ އިޒްރޭލުގެ ނުފޫޒުގަދަ ގައުމަކަށްވުމެވެ. ސްޕޭނަކީ، ފާޅުގައި ފަލަސްތީނުގެ މިނިވަންކަމަށް ތާއީދުކުރާ ޔޫރަޕްގެ އެންމެ ބޮޑު ޤައުމެވެ. މިރޭ މެޗުގައި ސްޕޭންގެ ކުޅުންތެރިންނާއި ސަޕޯޓަރުން ފަލަސްތީނުގެ މިނިވަންކަމަށްޓަކައި، ފަލަސްތީނުގެ ދިދަ ބޭނުންކުރުމުގެ ބިރު މިރޭ ޔަހޫދީންނަށާއި އެމެރިކާއަށް އެބައޮތެވެ. ޔަގީނުންވެސް، މިރޭގެ މެޗަކީ ލައިވްކޮށް ދުނިޔޭގެ އެތަށް ބިލިއަން މީހުން ބަލާނެ މެޗަކަށްވެފައި، ފަލަސްތީނުގެ ދިދަ ސްޕޭން ކުޅުންތެރިންނާއި ސަޕޯޓަރުން ބޭނުންކޮށްފިނަމަ، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މުޅި ދުނިޔެއަށް ދެވޭ މެސެޖަކަށްވާނެއެވެ.
އަނެއްކޮޅުން، މިފަހަރުގެ ތަށިވެސް މެސީއަށް ދިނުމަށް ބޭނުންވާ ޔަހޫދީންގެ އަދަދު ވަރަށް ގިނައެވެ. ދާދި ފަހަކުން އިޒްރޭލުގެ އަނިޔާވެރި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫވަނީ އާޖެންޓީނާއަށާއި މެސީއަށް ފުރިހަމައަށް ސަޕޯޓުކުރާކަމުގައި ބުނެފައެވެ. އާޖެންޓީނާގެ އާބާދީގައި ޔަހޫދީންގެ ނިސްބަތް ވަރަށް ގިނައެވެ. ޔަހޫދީންނެކޭ އެއްފަދައިން، އާޖެންޓީނާއަކީ ފާޅުގައި ނަސްލީ ތަފާތުކުރުން ބޮޑު ޤައުމެކެވެ. އާޖެންޓީނާގެ ކުޅުންތެރިންގެ ތެރެއިން، ކީޕަރ އެމިލިއާނޯ މާޓިނޭޒް އާއި އެންޒޯ ފެނާންޑޭޒްއަކީވެސް ނަސްލީ ގޮތުން ދަނޑުމަތިންނާއި ބޭރުން މީގެ ކުރީގައި ކުޅުންތެރިންނާއި ދިމާކޮށްގެން މައްސަލަތައް ޖެހި، މަޢާފަށްވެސް އެދެންޖެހުނު ކުޅުންތެރިންނެވެ.
ދިވެހިންގެ ތެރޭގައިވެސް ސްޕޭނާއި އާޖެންޓީނާއަށް ސަޕޯޓުކުރާ މީހުންގެ ޢަދަދު ގިނައެވެ. އެހެން ނަމަވެސް، ދިވެހިންނަށްވުރެ މެސީއަށް ސަޕޯޓުކުރާ ބަންގާޅު މީހުން ރާއްޖޭގައި ގިނަކަންވަނީ ފާހަގަކުރެވިފައެވެ. މިރޭ މެޗުފަށާނީ ރާއްޖެގަޑިން ދަންވަރު 12 ޖަހާއިރުއެވެ.