Ad
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑު ޖެހުނު މީހަކަށް ފަރުވާކުރަނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

މާލެ ސިޓީން ޕޮޒިޓިވްވި 62 މީހުންނާއެކު މިއަދު ޖުމްލަ 150 މީހުން ޕޮޒިޓިވްވި!

ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 62 މީހުންނާއިއެކު މިއަދު ރާއްޖެއިން 150 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ރަށްރަށުންނާއި ރިސޯޓުތަކުން 88 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިމީހުންގެ ތެރެއިން 79 މީހުންނަކީ، ރަށްފަޅު ހުރާއިން ޕޮޒިޓިވްވި މީހުން ކަމަށެވެ.

ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 92 ބިދޭސީންނާއި، 58 ދިވެހިންނެވެ.

މިމީހުންނާއިއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދުވަނީ، 12،758 އަށް އަރާފައެވެ.

އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 92 އަށް އަރާފައިވާއިރު، ބައްޔަށް ފަރުވާކުރާ މީހުންގެ ޖުމްލަ އަދަދުވަނީ 1،090 އަށް އިތުރުވެފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 11،615 މީހުން ބަލިން ރަގަޅުވެފައިވާއިރު، މިބަލީގައި 46 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *