އެސްޓީއޯއަށް މިއަހަރުގެ 2 ވަނަ ކުއާޓަރގައި 280 މިލިއަން ރުފިޔާގެ ފައިދާއެއް

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކުންފުނިން އާންމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ދެވަނަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު. މިއީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ.

އެކުންފުނީގެ ޖުމްލަ ފައިދާގެ ގޮތުގައި ދެވަނަ ކުއާޓަރުގައި 757 މިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 335 މިލިއަން ރުފިޔާ ލިބިފައިވާކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އަދި ޓެކުހަށް ކެނޑުމަށްފަހު، މިއަހަރުގެ 2 ވަނަ ކުއާޓަރގެ ސާފު ފައިދާގެ 280 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *