Ad

މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ފަށައިފި

މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅުންހުރި ދާއިރާތަކާއެކު ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.

ހޯމް މިނިސްޓްރީން އިސްވެ މިމަސައްކަތް ފެށީ ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެންނެވެ. މިމަސައްކަތް ހައްލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމް އެފެއާރޒް ޢިމްރާން ޢަބްދުﷲ ވަނީ ކޮމިޓީއެއް އެކުލަވާލައްވާފައެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މާލޭ ސިޓީ ކައުންސިލެވެ.

މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ވަނީ، ގުޅުންހުރި ދާއިރާތަކާއެކު މިއަދު ބައްދަލުކުރައްވާ މިކަން ހައްލުކުރެއްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް މީހުން މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރުމަށް ފެށި މަސައްކަތެއް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އަދި ހޯމް މިނިސްޓްރީން އިސްވެ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ކަމަށް ފާހަގަކުރެވޭތީ ކަަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *