Advertisement
BML Home 2nd Ad

ވަކި ވަގުތެއް ކަނޑައަޅައިގެން ޤަބުރުތަކަށް ޒިޔާރަތްކުރުން

ޞާލިޙުންނާމެދު ހައްދުފަހަނައަޅައި ދިޔުމުން ރައްކާތެރިވާން އެބަޖެހެއެވެ. އެބައިމީހުންގެ ޤަބުރުތައް ﷲ ފިޔަވައި އެހެންފަރާތްތަކަށްއަޅުކަންކުރެވޭ ބުދުތައް ކަމުގައި ވެއްޖެއެވެ. ހިތާމައާއެކު ދަންނަވަންޖެހެނީ، ވަރަށް ގިނަ އިސްލާމީ ޤައުމުތަކުގައި ޤަބުރުތަކުގެ މަތީގައި ބިނާކުރުމާއި، އޭގެ ފަހުގައި އެތަންތަނަށް ޒިޔާރަތްކުރުމާއި، އަހަރުގެ ވަކި ދުވަސްތަކުގެ ޒިޔާރަތްކުރެވޭ ތަންތަނުގެ ގޮތުގައި އެފަދަ ތަންތަން ހަމަޖެއްސުމާއި، އެތަންތަނުގައި ﷲ އަށް ދުޢާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމާއި، ނަމާދުކުރުމާއި، އަދި އޭގެފަހުގައި އެޤަބުރުގައިވާ މީހާގެ ކިބައިން ދުޢާކުރުން، ވަރަށް ބޮޑަށް ފެތުރި ޢާއްމުވެފައިވެއެވެ. ހަމަކަށަވަރުންވެސް މިޢީ ކަނޑައެޅިގެން ހުރި ޝިރުކެވެ. އިންސާނާ ލައްވާ ބިދުޢަ ހެދުމަށްޓަކައި ޝައިޠާނާ ފިޔަވަޅަކުން ފިޔަވަޅަކުން މަސައްކަތްކުރެއެވެ. އަދި ބިދުޢައިގެ ދޮރުން އޭނާ ވެއްދުމަށްފަހު ބޮޑު ޝިރުކުގެ ދޮރުން އޭނާ ވައްދައެވެ. މިފަދަ ކަންތައްތަކުން ރައްކާތެރިކަމަށް ﷲ ގެ ޙަޟްރަތުން އަހަރެމެން އެދެމުއެވެ.

Advertisement
Etukuri Inside ad 300x300 Desktop

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ ޤަބުރުފުޅު ބުދެއްކަމުގައި ނުލެއްވުމަށް އެދި އެކަލޭގެފާނުގެ ރައްބަށް ދުޢާދެންނެވިއެވެ. ((اللَّهُمَّ لاَ تَجْعَلْ قَبْرِي وَثَناً يُعْبَدُ، لَعَنَ اللهُ قَومًا اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ)) [رواه أحمد وصححه الألباني ] މާނައީ: “އޭ ﷲ! އަހުރެންގެ ޤަބުރު، އަޅުކަންވެވޭ ބުދަކަށް ނުހައްދަވާނދޭވެ! އެބައެއްގެ ނަބީންގެ ޤަބުރުތައް މިސްކިތްތަކަކަށް ހެދި ބަޔަކަށް ﷲގެ ލަޢުނަތްލައްވާށި!.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޤަބުރުފުޅު ޢީދެއްގެ ގޮތުގައި ހެދުން އެކަލޭގެފާނު ނަހީކުރެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. ((وَلاَ تَجْعَلُوا قَبْرِي عِيْدًا)) [رواه أبو داود وصححه الألباني ] މާނައީ: “ތިޔަބައިމީހުން އަހުރެންގެ ޤަބުރު ވަކި ވަގުތެއް ކަނޑައަޅައިގެން ޒިޔާރަތްކުރެވޭ ތަނެއްގެ ގޮތުގައި ނުހަދާށެވެ.”

ޞާލިޙުންނާމެދު ޙައްދުފަހަނައަޅައި ދިޔުމުން މުސްލިމުން ރައްކާތެރިވާންޖެހޭނެއެވެ. ޤަބުރުތަކަށް މާތްކޮށް މަތިވެރިކުރުމާއި، ވަލީވެރިންނާއި، ނަބިއްޔުންނާއި އަދި އެނޫންވެސް ބޭކަލުން މެދުވެރީންގޮތުގައި ހެދުން ފަދަކަންތައްތަކަކީ ކަނޑައެޅިގެން ހުރި ޝިރުކުގެ ކަންކަމެވެ. އެއީ ޤުރައިޝުންގެ ކާފިރުންވެސް ކުރި ބާވަތުގެ ޝިރުކެކެވެ. ﷲ ތަޢާލާ އެމީހުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ. ﴿ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَآءَ مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَا إِلَى اللهِ زُلْفَى إِنَّ اللهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللهَ لاَ يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ ﴾[الزمر:3] މާނައީ: “ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށްމެނުވީ، ތިމަންމެން އެތަކެއްޗަކަށް އަޅުކަމެއް ނުކުރަމެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު ޚިލާފުވެގެންއުޅޭ ކަންތަކާދޭތެރޭގައި ﷲ، އެއުރެންގެ މެދުގައި ޙުކުމްކުރައްވާނެއެވެ. ހަމަކަށަވަރުން، ދޮގުހަދާ ކާފިރަކަށް ﷲތެދުމަގެއް ނުދައްކަވާނެއެވެ.”

މުސްލިމު މީހާގެ މައްޗަށް ވަނީ މިކަންކަމާމެދު ރައްކާތެރިވުމެވެ. އަދި އޭނާގެ ކުދި ބޮޑު އެންމެހާ ކަމެއްގައި ހަމައެކަނި ﷲ ތަޢާލާއަށް އިލްތިޖާކުރުމެވެ. އެއިލާހީ ދަތި އުނދަތޫތައް ފިއްލަވައި، ބޭނުންޖެހިފައިވާ މީހާގެ ދުޢާ އިޖާބަކުރައްވާ އިލާހެވެ. އަދި އެއިލާހީ އައްސަވާވޮޑިގެންވާ ބައްލަވާވޮޑިގެންވާ އިލާހެވެ. ހުރިހާ ކަމަކަށްމެ ކުޅަދުންވަންތަވެވޮޑިގެންވާ އިލާހެވެ. މަޚްލޫޤުންނީ ދެރަ ނިކަމެތި މިސްކީނު ބައެކެވެ. ގެއްލުމެއް ދިނުމެއްވެސް ތެދުމަގު ދެއްކެވުމެއްވެސް އޭނާގެ ނަފުސަށް މިލުކުވެގެންނުވާ މީހެކެވެ. އެއީ ނަބިއްޔެއްކަމުގައި ވިޔަސް ނުވަތަ ޞާލިޙު އަޅެއްކަމުވައިވިޔަސް މެއެވެ.

﴿قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا * قُلْ إِنِّي لَن يُجِيرَنِي مِنَ اللَّـهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا﴾ [الجن:21-22] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ގެއްލުމެއް ދިނުމެއްވެސް، އަދި ތެދުމަގެއް ދެއްކުމެއްވެސް، ތިމަންކަލޭގެފާނަކަށް މިލްކުވެގެނެއް ނުވެތެވެ. * ކަލޭގެފާނު ވިދާޅުވާށެވެ! (ތިމަންކަލޭގެފާނު އުރެދިއްޖެނަމަ) ހަމަކަށަވަރުން، ﷲ ގެ ޢަޛާބުން،ތިމަންކަލޭގެފާނު މިންޖުކުރާނޭ ހަމައެކަކުވެސް ނުވެތެވެ. އަދި އެކަލާނގެ ފިޔަވައި ސަލާމަތްވުމަށްދާނޭ އެހެންފަރާތެއް ތިމަންކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.”

= أنواع الشرك والتحذير منها -عبد الله بن سعد بن إبراهيم الفالح=

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add