Ad

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށްގެން ހައި ކޯޓަށް!

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހޯދަން އަމިއްލަ ފަރާތަކުން ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހެދި މައްސަލަ އާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި ޝަކުވާ ވެސް މިނިސްޓްރީއާ އެއްކޮޅަށް ނިންމުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލައިގައި ވިދާޅުވެފައިވަނީ އެކަމަކީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަނުކުރަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެފައިވަނީ މަޢުލޫމާތު ހާމަނުކުރުމުގައި އެކަމަނާގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމަށާއި މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އެކަމަނާ އަމަލުކޮށްފައިވާނެކަމަށެވެ. މިގޮތުން މި މަޢުލޫމާތު ހޯދަން އެދުމުން ސިފައިންގެ ތެރޭގައި އޮންނަ ލަފާދޭ ކޮމެޓީއަށް ޑިފެންސް މިނިސްޓްރީން އެކަން ފޮނުވިކަމަށާއި، އެ މަޢުލޫމާތު ހާމަނުކުރަން ނިންމީ ސިފައިންގެ ލަފާދޭ ކޮމެޓީން ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *