Advertisement
BML Home 2nd Ad

އުޞޫލުއް ޘަލާޘާ 6

ހަމަކަށަވަރުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ﷲގެ ރަސޫލާކަމުގައި ހެކިވުމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُمْ بِالْمُؤْمِنِينَ رَؤُوفٌ رَحِيمٌ- التوبة:128ހަމަތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު ހަމަކަށަވަރުން،ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް،އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި، ރަޙުމުހުރި ބޭކަލެކެވެ.

Advertisement
Etukuri Inside ad 300x300 Desktop

އަދި މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ﷲގެ ރަސޫލާކަމުގައި ހެކިވުމުގެ މާނައަކީ އެކަލޭގެފާނު ކުރެއްވި އަމުރުފުޅުތަކަށް ކިޔަމަންވުމާއި، އެކަލޭގެފާނު ދެއްވާފައިވާ ޚަބަރުތައް ތެދުކުރުމާއި، އެކަލޭގެފާނު ނަހީކުރައްވައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމާއި، ޝަރުޢުކުރައްވާފައިވާ ގޮތަށް މެނުވީ ﷲ އަށް އަޅުކަން ނުކުރުމެވެ.

ނަމާދާއި ޒަކާތުގެ ދަލީލަކީ އަދި ތައުޙީދުގެ ތަފްސީރަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَٰلِكَ دِينُ الْقَيِّمَةِ -البينة: 5

ޝިރުކުން އެއްކިބާވެތިބެ ﷲ އަށް ދީން ޚާލިސްކުރާ ހާލު،ﷲ އަށް އަޅުކަންކުރުމަށާއި،ނަމާދު ޤާއިމުކުރުމަށާއި،ޒަކާތް ދިނުމަށް މެނުވީ އެއުރެންނަށް އަމުރުވެވިގެން ނުވެއެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީ އެވެ.

ރޯދައިގެ ދަލީލަކީ ﷲތަޢާލާގެ މިބަސްފުޅެވެ. ދަލީލަކީ: يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ –البقرة 183މާނައީ: “އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރެވިއްޖެއެވެ. އެއީ ތިޔަބައިމީހުންގެ ކުރީ މީހުންގެ މައްޗަށް ރޯދަ ފަރުޟު ކުރެވުނު ފަދައިންނެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.”

ޙައްޖުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ.‏ وَلِلَّهِ عَلَى النَّاسِ حِجُّ البَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلاً وَمَن كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ العَالَمِينَ – آل عمران‏:97މާނައީ: “އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެގެފުޅަށްގޮސް ޙައްޖުވުމަކީ ﷲއަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް ވާޖިބެކެވެ. (އެކަމާ) ދެކޮޅުހަދައިފި މީހާ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން،ﷲއީ،އެންމެހާ ޢާލަމްތަކަށް (ބޭނުންވެވޮޑިގަތުމުން)ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ.”

(ނުނިމޭ)

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add