ނޭޕާލުގައި ހިނގި ފްލޭޝް ފްލަޑް ހާދިސާގައި ދިވެއްސަކަށް އަސަރުކޮށްފައެއް ނުވޭ: ފޮރިންގ މިނިސްޓްރީ

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގެ ހިމާލިޔާ ފަރުބަދަތައް މަތިން ގަނޑުފެނާއި ކިސަޑު ފައިބައިގެން ދިމާވި ނުރައްކާތެރި ފްލޭޝް ފްލަޑް ހާދިސާގައި ދިވެއްސަކަށް އަސަރުކުރުކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރެނު ބަޔާނުގައި ބުނީ އެ މިނިސްޓްރީން އެކަން ގެންދަނީ އެކަން މޮނިޓަރ ކުރަމުން ކަމަށާއި، އެ ހާދިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެހި ރައްޔިތަކު ހުރިކަމަކަށް އެއްވެސް ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ކަތުމަންޑޫގައި ހުންނަ ދިވެހިރާއްޖޭގެ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން ނޭޕާލްގައި ދިރިއުޅޭ އެއްވެސް ދިވެހި ރައްޔިތަކަށް މިހާދިސާގައި އަސަރުކޮށްފައި ނުވާ ޔަގީންކުރެވިފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި މި ހާދިސާ އާއި ގުޅިގެން ނޭޕާލްގައި ތިބި އެއްވެސް ދިވެހި ރައްޔިތަކު އެހީތެރިކަމެއް ބޭނުންވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، އެ މިނިސްޓރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށާއި ނުވަތަ ކޮންސިއުލަރ އީމެއިލްއަށް އީމެއިލް ކުރުމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ އެދިފަ އެވެ.

މި ހާދިސާގައި މަރުވި މީހުންނާއި ގެއްލުނު މީހުންގެ ތެރޭގައި މިހާތަނަށް 10 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނޭކަން ވަނީ ނޭޕާލުން ޔަގީންކޮށްދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *