ކޮރަޕްޝަންގެ މައްސަލަތަކަކީ ޤައުމީ މަސްލަހަތު އެންމެ މަތީ މިންވަރަށް ހިމެނޭ މައްސަލަތައްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލަ ހުޞައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ މިހެން ވިދާޅުވީ އޭސީސީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝަމީމް ވިދާޅުވީ
ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކޮރަޕްޝަންގެ މައްސަލަތަކުގައި އެއްވެސް ފަސް ކުރުމެއްނެތި ދައުވާ ކުރައްވާނެކަމަށެވެ. ޝަމީމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކަކީ އެއްވެސް ހާލެއްގައި ދޫދެވިވެގެންދާނެ މައްސަލަތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް މައްސަލަ ހުށަހަޅާތާ 10 ދުވަސް ތެެރޭގައި އެކަށީގެންވާ ހެކި ހުރެއްޖެނަމަ ދައުވާ ކުރަން ފޮނުވާނަން. މިކަމަކީ ރައްޔިތުންގެ މަސްލަހަތު އޮތް މައްސަލަ ތަކަށްވުމުން މިކަންކަން އަޅުގަނޑުމެންނަށް ދޫނުކުރެވޭނެ" ޝަމީމް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ އޭސީސީ އާއި ޕީޖީއަކީ އެއް އަމާޒަކަށް މަސައްކަތް ކުރާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިފަހައްޓާ ދެމުއައްސަސާއަށްވާއިރު، މިހާރުވެސް މައްސަލަތަކުގައި ހޭދަވާ ދުވަސްތައް ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް އިންތިޒާމުތައް ބައްޓަން ކުރަންޖެހޭކަމަށެވެ.