ޗައިނާ މޯލްޑިވްސް އެވާލާސްޓިން ފްރެންޑްޝިޕް ޕާކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައިފިއެވެ.
ލޮނުޒިޔާރަތްކޮޅުގައި ސިނަމާލެ ބުރިޖަށް އަރާތާ ކައިރީ ތަރައްގީކޮށްފައިވާ މި ޕާކަށް ރައީސް ޑރ މުއިއްޒު ވަޑައިގެންނެވީ ސިނަމާލެ ބްރިޖް ހުޅުވުނުތާ 8 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.
ރައީސްގެ މި ޒިޔާރަތުގައި އެ ޕާކު ގައި ބެހެއްޓިފައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާ ގުޅޭ މުހިއްމު ގިނަ މައުލޫމާތުތަށް ވަނީ ބައްލަވާލައްވާފައެވެ.
2014 ވަނަ އަހަރު މަސައްކަތްފެށި މި ބްރިޖްގެ މަސައްކަތް ނިންމައި ބްރިޖް ހުޅުވާފައިވަނީ 2018 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ.
މި ބްރިޖްގެ މަސައްކަތް ފެށުމާހަމައިން މަސައްކަތް ނިންމައި ބްރިޖް ހުޅުވާފައިވަނީ މިހާރުގެ ރައީސް ޑރ މުއިއްޒު އިންފްރާސްޓްރަކްޗަރ މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ.




