އަމީނީ މަގު މަރާމާތުގެ މަސައްކަތުގެ ތެރެއިން މިހާރު މަސައްކަތްކުރިއަށްދާ ސެގްމަންޓް ގައި ތާރު އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރު އެޅުމުގެ މަސައްކަތް މޯލްޑިވްސް ތްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށަައިފި އެވެ.
ކުރީގެ ހައުސިންގ މިނިސްޓްރީން ފެށިގެން ހުޅަނގަށް ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އަމީނީ މަގުގެ 270 މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު އެ މަގުގެ ސެގްމަންޓް 2 ( ހައުސިންގ މިނިސްޓްރީން ފެށިގެން ގިޔާސުއްދީން ސްކޫލާ ހަމައަށް އޮތް ބައި) ގެ މަސައްކަތް ވެސް އަންނަ ނޮވެމމްބަރު މަހަށް ނިންމާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެ، މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދުގެ އެވެ. މި ސަރަހައްދުގެ މަގު މަރާމާތު ކުރާއިރު އެ ކުންފުނިންދަނީ އެ ސަރަހައްދުގެ މަގުގައި އަޅާފައިވާ ޔުޓިލިލީ ވިއުގަ ތައްވެސް މަރާމާތުގެ މަސައްކަތްވެސް ކުރަމުންނެވެ.
އެ ކުންފުނިން ބުނީ އަމީނީ މަގު މަރާމާތުގެ މަސައްކަތުގެ ތެރެއިން ސެގްމަންޓް 1 ގެ ސްބް ގްރޭޑްގެ މަސައްކަތް ނިމި، ތާރު ފަށަލައިގެން ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އެ މަސައްކަތް 2 ދުވަހެއްގެ ތެރޭގައި ނިންމާނެކަމަށެވެ.




