މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ހިއްސާއަކަށް 50 ލާރި ބަހަން އެކުންފުނީ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ރޭ ބޭއްވި އެ ކުނފުނީގެ އަހަރީ އާމްނު ޖަލްސާގައި ފާސްކުރީ އެކުންފުނީގެ 2025 ވަނަ އަހރުގެ ފައިދާގެ ތެރެއިން ޑިވިޑެންޓްގެ ގޮތުގައި 17،043،677 ރުފިޔާ ބަހާށެވެ.
އެކުންފުންޏަކީ އާންމުންގެ 53 އިންސައްތަ ހިއްސާއާއި ދައުލަތުގެ 47 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އަދި އެކުންފުނީގެ ޖުމްލަ ހިއްސާގެ އަދަދކީ 34،087،354 އެވެ.
އެހެންކަމުން އެކުންފުނިން ކުރީ އަހަރެކޭ ވެސް އެއްގޮތަށް މިއަހަރުވެސް ހިއްސާއަކަށް ބަހަން ނިންމާފައިވަނީ ހިއްސާއަކަށް 50 ލާރި އެވެ.
އަދި ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި، އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ފަސް މެންބަރުންގެ ގޮތުގައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒާއި އައިޝަތު ލީޒާ އާއި އައިމިނަތު އަޒްލިފާ އާއި މިންނާ ރަޝީދު އަދި އިބްރާހިލް ލަތީފް ވަނީ ހޮވާފައެވެ.




