Advertisement
BML Home 2nd Ad

އުޞޫލުއް ޘަލާޘާ 12

އަދި މީސްތަކުން މަރުވުމަށްފަހު އަލުން ދިރުއްވޭނެއެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. مِنْهَا خَلَقْنَاكُمْ وَفِيهَا نُعِيدُكُمْ وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَى-طه: ٥٥މާނަ: “ތިމަންއިލާހު ތިޔަބައިމީހުން ހެއްދެވީ އެބިމުންނެވެ. އަދި ތިމަންއިލާހު އެބިމަށް ތިޔަބައިމީހުން އިޢާދަކުރައްވާހުށީމެވެ. ދެން އަލުން ދެވަނަފަހަރަށް އެބިމުން ތިމަންއިލާހު ތިޔަބައިމީހުން ނެރުއްވާހުށީމެވެ.”

އަދި ﷲ ތަޢާލާގެ މިބަސްފުޅުވެސް މެއެވެ. وَاللَّـهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا ﴿١٧﴾ ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا ﴿١٨﴾- نوح: ١٧ – ١٨.  މާނައީ: “އަދި ﷲ، ތިޔަބައިމީހުން ބިމުން އުފައްދަވައި ހެއްދެވިއެވެ. ދެން އެއިލާހު ތިޔަބައިމީހުން އެ ބިމަށް އިޢާދަކުރައްވާނެތެވެ. އަދި އެއިލާހު ތިޔަބައިމީހުން (އެ ބިމުން) ނެރުއްވާނެތެވެ.” އަދި އަލުން ދިރުއްވުމަށްފަހު އެބައިމީހުންގެ ޙިސާބު ބެއްލެވި ޢަމަލުތަކުގެ ޖަޒާ ދެވޭނެއެވެ.

Advertisement
Etukuri Inside ad 300x300 Desktop

އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. وَلِلهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لِيَجْزِيَ الَّذِينَ أَسَاءُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى- النجم ٣١  މާނައީ: “އަދި އުޑުތަކާއި،ބިމުގައިވާހާ އެއްޗެއް މިލްކުވެގެންވަނީ ﷲ އަށެވެ. އެއީ ނުބައި ޢަމަލުކުރި މީހުންނަށް އެބައިމީހުން ކުރި ނުބައި ޢަމަލުގެ ޖަޒާދެއްވުމަށެވެ. އަދި ހެޔޮ ޢަމަލުކުރިމީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށެވެ.” އަދި އަލުން ދިރުއްވުން އިންކާރުކޮށްފި މީހާ ކާފިރުވެއްޖެއެވެ.

އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. زَعَمَ الَّذِينَ كَفَرُوا أَنْ لَنْ يُبْعَثُوا  قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ وَذَٰلِكَ عَلَى اللهِ يَسِيرٌالتغابن: ٧ މާނަ: “ކާފިރުވީ މީސްތަކުން ހީކޮށްފައި ބުނެއެވެ. އެމީހުން މަރުވުމަށްފަހު އަލުން ދިރިގެން މަޙްޝަރަށް ނުފޮނުވޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއްގޮތަކަށްވެސް އެހެން ނުވާނެއެވެ. ތިމަންކަލޭގެފާނުގެ ރައްބު ގަންދީ ހުވާކޮށް ބުނަމެވެ. ހަމަކަށަވަރުން ޔަޤީނުންވެސް ތިޔަބައިމީހުން މަރުވުމަށްފަހު މަޙްޝަރަށް ފޮނުއްވޭނެއެވެ. ދެން ތިޔަބައިމީހުން ދުނިޔޭގައި ކޮށްފައިވާ ކަންތައްތަކުގެ ޚަބަރު ތިޔަބައިމީހުންނަށް ދެވޭނެއެވެ. އެއީ ﷲއަށް ދާދި ފަސޭހަ ކަމެކެވެ.” (ނުނިމޭ)

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add