Advertisement
BML Home 2nd Ad

އުޞޫލުއް ޘަލާޘާ 14

އަދި ނޫޙު ޢަލައިހިއްސަލާމުން ފެށިގެން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައާ ހަމައަށް ކޮންމެ އުންމަތަކަށްވެސް ﷲ ތަޢާލާ ރަސޫލަކު ފޮނުއްވިއެވެ. އެބޭކަލުން އެބައިމީހުންނަށް އަމުރުކުރެއްވީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށެވެ. އަދި ތާޣޫތަށް އަޅުކަންކުރުން ނަހީކުރެއްވިއެވެ. ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ- النحل: ٣٦ މާނަ: “އަދި ހަމަކަށަވަރުން ކޮންމެ އުއްމަތަކަށް ތިމަންއިލާހު ރަސޫލުބޭކަލަކު ފޮނުއްވީމެވެ. އެއީ ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރުމަށާއި އަދި ޠާޣޫތާ ދުރުހެލިވެގަތުމަށް އެންގެވުމަށެވެ.”

Advertisement
Etukuri Inside ad 300x300 Desktop

އިބުނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. “ތާޣޫތުގެ މާނައަކީ އަޅުކަންކުރާ ފަރާތް ނުވަތަ ތަބާ ވެވޭ ފަރާތް ނުވަތަ ކިޔަމަންގަނެވޭ ފަރާތަކާ މެދުގައި އޮންނަންޖެހޭ ޙައްދު ފަހަނައަޅައި ދިޔުމެވެ. އަދި ޠާޣޫތުން ބައިވަރެވެ. އޭގެ ބޮޑުންނަކީ ފަހެކެވެ. އެއީ ﷲ ތަޢާލާ ލަޢުނަތް ލެއްވި އިބިލީހާއި، ތިމާއަށް އަޅުކަންވެވި އެކަމަށް ރުހިގެން ހުންނަމީހާއާއި، ތިމާގެ ނަފްސަށް އަޅުކަން ކުރުމަށް މީސްތަކުންނަށް ގޮވާމީހާއާއި، ޣައިބުގެ ޢިލްމުގެ ތެރެއިން މިންވަރެއް ދަންނަކަމުގެ ދަޢުވާ ކުރާމީހާއާއި، ﷲބާވައިލެއްވި ގޮތް ނޫން ގޮތަށް ޙުކުމްކުރާމީހާއެވެ. ދަލީލަކީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. لاَ إِكْرَاهَ فِي ٱلدِّينِ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَيِّ فَمَنْ يَكْفُرْ بِٱلطَّاغُوتِ وَيْؤْمِن بِٱللَّهِ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ لاَ ٱنفِصَامَ لَهَا وَٱللَّهُ سَمِيعٌ عَلِيمٌ–البقرة: ٢٥٦ މާނަ: “ދީނަށް ވެއްދުމުގައި ގަދަހެދުމެއް ނުވެއެވެ. އެހެނީ ރަނގަޅު ޙައްޤު ތެދުމަގާއި ޙައްޤުނޫން ބާޠިލުގޮތް މިވަނީ ރަނގަޅަށް ބަޔާންވެ އެނގޭށެވެ. އަދި ޠާޣޫތަށް ކާފިރުވެ ﷲ އަށް އީމާންވެއްޖެމީހާ ދަންނައެވެ! ހަމަކަށަވަރުން އޭނާ އެހިފެހެއްޓީ އިރައިގެން ނުދާނޭ ވަރުގަދަ އުޅައްގަނޑެއްގައެވެ. (މަގުނުފުރެދޭނެ ޙައްޤު ތެދުމަގުގައެވެ.) އަދި ﷲއީ އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ.”

لا إله إلا اللهގެ މާނައަކީ މިއީއެވެ. އަދި ޙަދީޘްގައި ވާރިދުވެފައި ވެއެވެ. ( رَأْسُ الأَمْرِ الإِسْلامُ، وَعَمُودُهُ الصَّلاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ فِي سَبِيلِ اللهِ). މާނައީ: “ދީނުގެ ބޮލަކީ އިސްލާމެވެ. (އެބަހީ ޝަހާދަތުގެ ދެކަލިމައެވެ.) އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ އެންމެ އުސްކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ.

وَاللهُ أَعْلَمُ. وَصَلَّى اللهُ عَلَى مُحَمَّدٍ وَعلى اله وَصَحْبِهِ وَسَلَّمَ.

(ނިމުނީ)

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add