Ad
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހުންނަށް ފަރުވާދެނީ. ފޮޓޯ: އެޗް.އީ.އޯ.ސީ

ރާއްޖެއިން މިއަދު ނެގި 1728 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 35 މީހުން: އެޗް.ޕީ.އޭ

މިއަދު ނެގި 1،728 ސާމްޕަލްގެ ތެރެއިން މިއަދު ކޮވިޑަަށް ޕޮޒިޓީވްވީ 35 މީހުން ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 28 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 7 މީހުން ކަމަށެވެ.

ރާޢްޖެއިން މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ބަލި ޖެހުނު މީހުންގެ އަދަދުވަނީ، 12،889 އަށް އަރާފައެވެ.

މީގެތެރެއިން 11،717 މީހުން ބަލިން ރަގަޅުވެފައިވާއިރު، ބައްޔަށް ފަރުވާކުރާ މީހުންގެ އަދަދުވަނީ 1،119 އަށް އިތުރުވެފައެވެ.

އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާކުރާ މީހުންގެ އަދަދުވެސް ވަނީ 95 އަށް އިތުރުވެފައެވެ.

ރާއްޖެެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 46 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *