ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނުވަދެގެން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށުދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ޝުޖާއު ވިދާޅުވީ ވެރިކަންކުރާ ޕީއެންސީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެފަރާތްތަކުން ވަރަށް ފޯރީގައި އަންނަނީ ކުރަމުން ކަމަށެވެ.
PNC އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އެއީ ވަރަށް ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން މިއަންނަނީ ވަރަށް ފޯރީގައި ކުރަމުން.މިހާރު އެއްވެސް ދިވެހި ރައްޔިތަކަށް އޭނާއަށް ނޭގި ސިޔާސީ ޕާޓިއަކަށް ނުވެއްދޭނެ.އަދި ވަނުމާއި ނުވަނު މަކީވެސް އޭނާއަށް ލިބިގެންވާ…
— Ibrahim Shujau (@IbrahimShujaau) September 4, 2026
އަދި އެ މަސައްކަތުގެ ތެރެއިންވެސް އެއްވެސް ދިވެހި ރައްޔިތަކަށް އެ މީހަކަށްނޭގި ސިޔާސީ އެއްވެސް ޕާޓިއަކަށް ނުވެއްދޭނެ ކަމަށާއި، އަދި ސިޔާސީ ޕާޓީއަކަށް ވަނުމާއި ނުވަނުމަކީވެސް ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށާއި، އެގޮތުން ޕީއެންސީއަށް ނުވަދެގެން އެ ކަމާގުޅުވައި އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށްވެސް މެންބަރު ޝުޖާއު ވިދާޅުވި އެވެ.
އެއާ ޙިލާފަށް ރައީސް ނަޝީދު އާއި ،ރައީސް ޔާމިންގެ ވެރިކަމުގައި އަދި ރައީސް ސޯލިހްގެ ވެރިކަމުގައި އެންމެންގެ ލޯކުރިމަތީ ސިޔާސީ ޕާޓިތަކުގެ ޖަލްސާތަކަށް ކުންފުނި ތަކުގެ މުވައްޒަފުންނަށް ކުލަ ކާޑު ދީގެން ދިއުމަށް މަޖުބޫރު ކުރުވި ކަމަސާއި، އެދުވަހު އެކަންކަން ކުރުވި ސިޔާސީ ވެރިން ދައްކާވާހަކަ ރައްޔިތުން ބަލައިނުގަންނާނެ ކަމަށެވެ.




