ގެއްލިފައިވާކަމަށް އާއިލާއިން ރިޕޮޓުކުރުމާ ގުޅިގެން ފުލުހުން ހޯދަމުންދިޔަ ކު ލ.މުންޑޫ، ގުލްޒާރުގެ / މަރްޔަމް މާއީ ޖަމީލް (25އ) އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެއެވެ.
ފުލުހުން މިއަދު ހެނދުނު ވަނީ މާއީ ގެންލިގެން އޭނާ ހޯދުމަށް ފުލުހުންގެ އެހީތެރިކަށް އެދިފައިވާތީ މާއީ ހޯދުމުގައި އާމުންގެ އެހީތެރިކަމަށްއެދި އިއުލާނުވެސް ކޮށްފައެވެ.
ފުލުހުުން ހެނދުނު ބުނީ މަރްޔަމް މާއީ ޖަމީލް ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި އޭނާ ދިރިއުޅެމުން ދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
މިރޭ ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓް ކުރުމާ ގުޅިގެން ހޯދަމުންދިޔަ މާއީ މިއަދު އަމިއްލައަށް ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގުޅައި، އެ ސްޓޭޝަނަށް ހާޒިރުވެފައިވާ ކަމަށް ބުނެފައެވެ. އަދި މާއީގެ ހާލު ރަނގަޅު ކަމަށާއި އެ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ބުނެފައި ވެއެވެ.




