ޖަމްއިއްޔަތުއް ސަލަފް (ސަލަފް ޖަމްއިއްޔާ) އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގ މެނޭޖިންގ ޑިރެކްޓަރު ޑީސީޕީ ރިޓަޔަރޑް އަހްމަދު ސައުދީ އާއި ބައްދަލުކުރައްވައިފި އެވެ.
އެމްޓީސީސީ ހެޑް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އެމްޓީސީސީގެ ފަރާތުން ބައިވެރިވެލެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޑީސީޕީ ރިޓަޔަރޑް އަހްމަދު ސައުދީ އެވެ.
ޖަމްއިއްޔަތުއް ސަލަފްގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ އައްޝެއިޙް އަހަމްދު ސަމީރު އާއި އެ ޖަމްއިއްޔާގެ އިސްވެރިންނެވެ.
ޖަމްއިއްޔަތުއް ސަލަފް އަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި މަދަނީ އެކި ކަހަލަ ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޖަމްއިއްޔާ އެކެވެ.




