Ad

ޓެކްސީ ޑްރައިވަރެއްގެ ޑައިރީން ދަންވަރުގެ ދަތުރު: ނުރައްކާ! ހިތާމަ! ހައިރާން!

މާލޭގައި އިޖުތިމާއީ މައްސަލަތައް އޮތީ ހާލިހަދާފައި

ދަންވަރުގެ ވަގުތުތަކަކީ ޓެކްސީ ޑްރައިވަރުންނަށް ވަރަށް ތަފާތު ތަޖުރިބާތަކާ ކުރިމަތިލާން ޖެހޭ ވަގުތެކެވެ. އެކި ފަހަރު އެކި ކަންކަމެކެވެ. ބައެއް ފަހަރު ބިރުވެރިއެވެ. އަނެއްބައި ފަހަރު ހިތާމަވެރިއެވެ. ހައިރާންކުރުވަނިވި ކަންކަންވެސް ހިމެނެއެވެ. މިއީ ޓެކްސީ ޑްރައިވަރެއްގެ މަސައްކަތުގެ ޑައިރީން ރޭގަނޑު މެންދަމު ފަހުގެ ވަގުތުތަކުގެ ސަފުހާތަކެކެވެ. އުމުރުން 52 އަހަރުގެ ދިވެހި ޑުރައިވަރު، އިބުރަތުން ފުރިގެންވާ ޚާދިސާތަކެއް ލިސްޓްކޮށްފައި އެބަހުއްޓެވެ. ކިޔަމުން ކުރިއަށްދާށެވެ.

ހުކުރު ވިލޭރެއެކެވެ. ދަންވަރު އެކެއްގެ ފަހެވެ. ޓެކްސީ ދުއްވަމުން ދިޔައީ މާފަންނު ސަރަހާގެ އިރުމަތީ މަގުން ބޮޑުތަކުރުފާނު މަގާ ދިމާއަށެވެ. ގެއެއްގެ ގޭޓު ކައިރީގައި ހުރި އަންހެނަކު އަތްނެގުމުން ކާރު މަޑުކޮށް އޭނާ ކާރަށް އެރުވިއެވެ. ދާން ބޭނުންވަނީ ކޮންތާކަށްތޯ އެހުމާއެކު އެމީހާ އަޑުގެ ނެތްތާކަށް ރޯންފެށި އެވެ. ދެއަތުން މޭގައި ތަޅަމުން ހަމަ ރޮނީ އެވެ. ވާހަކަ ދެއްކޭ ވަރެއް ނުވި އެވެ. ކާރު މަޑުމަޑުން ދުއްވާލިއެވެ. ބޮޑުތަކުރުފާނު މަގަށް ނުކެމެފައި ޑްރައިވަރު ވާހަކަ ދައްކަން ފެށިއެވެ. ހިތްވަރުދެމުން އަންހެން މީހާއަށް ބުންޏެވެ. ހިތްވަރު ގަދަކޮށްފައި ވެގެން އުޅޭ ގޮތް ކިޔައިދިނުމަށް ތަކުރާރާކޮށް އެދުނެވެ.

ކާރު ބޮޑުތަކުފާނުމަގުން ދަނީ މަޑުދުލީގައި ކުރިއަށެވެ. އަންހެން މީހާ ހަމައަކަށް އެޅިގެން ވާހަކަ ދެއްކޭވަރުވީ މާލެ ވަށާ ބުރެއް ޖަހަން ކައިރިވެފައިވަނިކޮށެވެ. އަންހެން މީހާ ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ ވާހަކަތަކުގެ ހުލާސާއަކީ މިއެވެ؛ ސިއްސައިގެންދާވަރުގެ ހަގީގަތްތަކެކެވެ. އޭނާގެ މެދުއުމުރުގެ ފިރިމީހާގެ ވާހަކައެވެ. އަންހެން މީހާ އެހެން ކައިވެންޏަކަށް ލިބިފައިވާ 19 އަހަރުގެ އަންހެން ކުއްޖަކު ހުރެއެވެ. ފިރިމީހާ ސިހުރު ހަދައިގެން (ފިރިމީހާގެ ސިހުރުގެ ވާހަކަތައް އެހެން ފަހަރަކުން ތަފްސީލުކޮށް ލިޔާނަމެވެ) މި އަންހެން ކުއްޖާ މޮޔަކޮށްލީއެވެ. ދޮންބައްޕައަށް ހިތް ޖެއްސުވީއެވެ. އެކުއްޖާގެ ލަދުހަޔާތެއް ނުހުރެއެވެ. އަންހެން މީހާގެ ކުރިމަތީގައިވެސް، ދޮންބައްޕަ ގައިގަ ބައްދާ ހަދަނީއެވެ. ދެމީހުން ކޮޓަރީގައިވެސް ތިބެނީއެވެ. އެކީގައި ސައިކަލު ބުރު ޖަހަންވެސް ދެއެވެ. އެރޭ އަންހެން މީހާ ހިތުގައި ޖެހުނީ ދަންވަރު ގަޑީގައި ދަރިފުޅު އައިސް ދޮންބައްޕަ ކައިރީގައި ނޫނީ ނުނިދާން ވެގެން މަންމައާ ޒުވާބުކުރުމުންނެވެ. ފިރިމީހާވެސް ބޭނުންވަނީ އެގޮތް ކަމަށް ބުނެ، އަންހެން މީހާ ހިތުގައި ޖެއްސިއެވެ. ގެއިން ނުކުމެގެންދިއުމަށް އިންޒާރުވެސް ދިނެވެ. ބޭރަށް ނުކުމެ ގޭޓު ކައިރީގައި އެހުރީ އެހިތާމަތައް ކޮނޑުއަޅައިގެންނެވެ.

ހޯމަ ދުވަހެއްގެ ރެ އެވެ. ފަތިސް ނަމާދަށް ގޮވަން ކައިރިވާތީ ޓެކްސީ ދިޔައީ ބަންޑާރަ މިސްކިތާ ދިމާއަށެވެ. ކާރުބާއްވާފައި ނަމާދުކޮށްލުމަށެވެ. ކުއްލިއަކަށް ސެންޓަރުން ދަތުރެއް ލިބުނެވެ. ގަލޮޅުންނެވެ. އެދިމާއަށް ކާރު ދުއްވާލިއެވެ. އެގެކައިރިއަށް ގޮސް މަޑުކޮށްލިތަނާ ކާރަށް އެރީ ކުޑަކުއްޖެކެވެ. އެކުއްޖާ އެދުނީ ޕޮލިހަށް ގެންގޮސްދިނުމަށެވެ. ކިހިނެއް ވީތޯ ޑްރައިވަރު އޮޅުންފިލުވިއެވެ. އެކުއްޖާ ބުނި ގޮތުގައި ބައްޕަ ރުޅިއައިސްގެން މަންމަ ގަޔަށް ހޫނުފެން ޖެހީއެވެ. މަންމަ އަވަހަށް ހޮސްޕޮޓަލަށް ގެންދަންވީނޫންތޯ ޑްރައިވަރު އެހުމުން، "މިހާރު ވެސް ތަޅާމަރަނީ" އޭ ބުނެފައި ހަނުހިމޭނުން އެކުއްޖާއިނެވެ. އެކުއްޖާ ގެންގޮސް ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ބޭލިއެވެ. ވާނުވާ ބަލާލަން ވެގެން ތަންކޮޅެއް ދުރުގައި ކާރުމަޑުށްލައިފިއެވެ. ގިނަ އިރުތަކެއް ނުވެ ދެ ފުލުހުންނާއެކު އެކުއްޖާ ފުލުސް ޖިޕެއްގައި ހިނގައްޖެއެވެ.

ވަރަށް ވިއްސާރަ ރެއެކެވެ. މާލޭގެ ބައެއް މަގުތަކުގައި އޮތީ ފެންބޮޑުވެފައެވެ. ކާރު ދުއްވަމުން ދިޔައީ ބޮޑުފެންވަޅުގޭ ކައިރިންނެވެ. ޒުވާން ފިރިހެނަކު އަތްނެގުމުން އެ ދިމާއަށް ޓެކްސީ މަޑުކޮށްލިއެވެ. ވައިފް (އަނބިމީހާ) ގޮވައިގެން އެބަ އަންނަމޭ ކިޔާފަ އެޒުވާނާ ގެއަކަށް ވަދެ ޒުވާން ފުރާގެ އަންހެން ކުއްޖަކު ގޮވައިގެން ނުކުމެ ކާރަށް އެރިއެވެ. ހެންވޭރު ކޮޅަށް ގެންގޮސްދޭން އެދުމުން އެދިމާއަށް މިސްރާބު ޖެހިއެވެ. އޭރުވެސް ވާރޭ ވެހެއެވެ. ހެންވޭރު ކޮޅަށް ދެވިއްޖެއެވެ. ބީޗުކައިރީގައި ހުންނަ ސްޓޭޖް ކައިރީގައި ކާރު މަޑުކޮށްލުމުން، އެމީހުން ކާރުން ފައިބާކަށް ނޫޅުނެވެ. ޑްރައިވަރު ލާރި ދޭންވީވަރު ބުމުން އެދެޒުވާނުން އެދުނީ އައިޖީއެމްއެޗް ހޮސްޕިޓަލު ކައިރިއަށް ގެންގޮސްދިނުމަށެވެ. އޭރު ގަޑިން ދަންވަރު ތިނެއް ޖަހަނީއެވެ. ވިއްސާރަ ރެއެއްކަމުން މާލޭގެ މަގުތައް އޮތީ އަމާންކޮށެވެ. ޑްރައިވަރު ނުތަނަވަސްވިއެވެ. މިވަގުތު އިތުރު ދަތުރެއް ކުރެވޭކަށް ނެތޭ ބުނުމުން، އަންހެން ކުއްޖާ ކުއްލިއަކަށް އެނެގީ ބޮޑު ކަޓަރެކެވެ. ވަގުތުން އައީ އިންޒާރެވެ. އެމީހުން މާފަންނުކޮޅަށް ގެންގޮސްނުދީފިއްޔާ ކަރުބުރިކޮށްލާފަ ނޫނީ ކާރުން ނުފައިބާނެ ކަމަށް ބުނުމުން، ގަތް ބިރުން އަވަހަށް ކާރު މާފަންނަށް ދުއްވަން ފެށިއެވެ. ދަނީ ބޭރުމަގުންނެވެ. ކަޓަރު އަދިވެސް ހުރީ ޑްރައިވަރުގެ ކަރުގަ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ދަތުރުގެ މެދުތެރެއިން ފިރިހެން ކުއްޖާ އެހެން ޑިމާންޑެއްވެސް ކޮށްފިއެވެ. އެމީހުން މިރޭ ގެސްޓް ހައުސްއެއް ކުއްޔަށް ހިފުމަށް 1000 ރުފިޔާ ދިނުމެވެ. އެވަރަށް ފައިސާ ދެވެން ނެތޭ ބުނީމާ ވެސް ގަބޫލެއް ނުކުރިއެވެ. އެންމެ ފަހުން ޑްރައިވަރުގެ ވާތުކޮޑުގައި ކަޓަރުއެޅިއެވެ. އިންޗިއެއްވަރު ޗަހަމްކޮށްލިއެވެ. ތިޔަ ހީކުރީ ރަނގަޅަށެވެ. ލޭވެސް އައެވެ. ފުރާނައަށް ނުރައްކާވެދާނެކަން ކަށަވަރުވުމުން، ޑްރައިވަރުގެ ވޮލެޓުގައި ހުރި ހުރިހާ ލާރިއެއް އެ ކުދިންނަށް ދީފި އެވެ. އަދި އެވަރުން ވެސް ނިމުނީކީ ނޫނެވެ. ފޯނުކޮށްގެން އެ ގެނައީ ގުރޫޕެކެވެ. ދިހަ ވަރަކަށް ސައިކަލުގައި އައިސް އޭނާގެ ކާރު ވަށާލިއެވެ. ކާރު މަޑުކުރުމުން އެފެށީ ހަޑިހުތުރު ބަހުން ހަޅޭއްވަން ފެށިއެވެ. އިންޒާރުވެސް ދެނީ އެވެ މަރާލާނެ ކަމަށްވެސް ބުނަނީއެވެ. ކާރު ފުނޑުފުނޑުކޮށްލާނެ ކަމަށް ވެސް ބުނަނީ އެވެ. ދެ ޒުވާނުން ހެދި ބޮޑު ދޮގެއްގެ ސަބަބުންނެވެ. ފޯނުކޮށްފައި ގުރޫޕު ކުދިންގާތު އެ ދެ ކުދިން ބުނީ އަންހެން ކުއްޖާ ރޭޕުކުރަން ކާރު ޑްރައިވަރު މަސައްކަތްކުރީ ކަމަށެވެ. ކޮންފަދަ ނުރައްކާތެރި ރޭވުމެއް ހެއްޔެވެ؟ ދޮގެއް ހެއްޔެވެ؟ ޕޮލިހުންނަށް ރިޕޯޓުކޮށްފިނަމަ އަދި މާބޮޑުވަރުކޮށްލާނެކަމަށް ބުނެ، ކާރުގެ ބަފަރުގައި ބާރަށް ތަޅާ ބަނޑިކޮށްލާފަ އެމީހުން ފިލައިފިއެވެ. ކާރުގައި ތިބި ޒުވާނުން ވެސް ސައިކަލު ފަހަތުގައި ގޮއްސިއެވެ. ޑްރައިވަރު ބިރުން ދެތިން ދުވަސް ވަންދެން ކާރަށް ނާރާ ގޭގައި މަޑުކުރިއެވެ. އަދި ޑޮކްޓަރަށް ދައްކައިގެން ޒަހަމަށް ފަރުވާ ދޭން ފެށިއެވެ.

ޓެކްސީ މަރާމާތުކޮށް ޒަހަމް ރަނގަޅުވުމުން އަލުން ކާރަށް އެރި ރެއެވެ. ސެންޓަރުގެ ދަތުރަކަށް މިސްރާބު ޖެހިއެވެ. ކާރު މަޑުކޮށްލުމާއެކު މެދު އުމުރުގެ އަންހެނަކު ކާރަށް އަރާ އިށީނެވެ. އޭނާ އެދުނީ ކަސްޓަމްސްގެ ފުރަގަސް މަގުގެ ހަނި ގޯޅިއެއްގައި ހުންނަ ގެއަކަށެވެ. ދަތުރަށް ފެށިއެވެ. އަންހެން މީހާ ވާހަކަ ދައްކަން ފެށިއެވެ. މީހަކާ އިނދެގެންތޯ އުޅެނީ އެހިއެވެ. ޑްރައިވަރު އާނއެކޭ ބުނުމުން ހިނިގަނޑެއް ޖަހާލާފައި އަހާލިއެވެ؛ "ދެން އެހެން އަންހެނަކު ހަމަ ބޭނުމެއް ނޫންތަ؟" އޭނާ ވަގުތުން ދަޢުވަތު ދިނެވެ. އެކޮޓަރިއަށް ދިއުމަށެވެ. އަގަކީ 500 ރުފިޔާއެވެ. ހުރިހާ ކަމެއްވެސް އޮތީ ވާގޮތަށެވެ. އެފައިސާ އޭނާ ބޭނުންވަނީ ފެންބިލާއި ކަރަންޓްބިލު ދެއްކުމަށް ކަމަށް އޭނަ ބުންޏެވެ. އޭނާގެ ވާހަކަތަކުން އެނގުނު ގޮތުގައި އޭނާގެ ކޮޓަރި ކުއްޔާއި ބިލުތަކާއި ކެއިން ބުއިމަށް ބޭނުންވާ ފައިސާ ހޯދަނީ އޭނާގެ ކޮޓަރިއަށްދާ "ހިތްހެޔޮ" ފިރިހެނުން ދޭ "ހަދިޔާ"އިންނެވެ. ޓެކްސީ ޑްރައިވަރު ވެސް އެމަޅީގައި ޖެހުނެވެ. ފަހުން އެކަމާ ވީ ދެރަ ލިޔެފައި އެބަހުއްޓެވެ. އެހެން ފަހަރަކުން އެވާހަކަތަކަށް ދާނީއެވެ.

މިއީ އޭނާގެ ދަންވަރު ޑައިރީގެ މަދު ސަފުހާތަކެކެވެ. މިއިން ކޮންމެ ސަފުހާ އަކީ ވެސް އިބުރަތުން ފުރިގެންވާ ވާހަކަތަކެކެވެ. ބައިބޯ މާލޭގައި ހާލި ހަދާފައިވާ އިޖުތިމާއީ އެތައް މައްސަލައެކެވެ. މި މައްސަލަތައް ހައްލުކުރުމުގައި އިދާރާތަކުގެ ވިސްނުން ޖެހޭނީ ވަރަށް ބޮޑަށް ބަދަލުކުރާށެވެ. މައްސަލަތަކުގެ ހަގީގަތަށް ވާސިލުވެވޭނީ ފީލްޑު އޮފިސަރުންގެ މަސައްކަތްތަކުގެ ހިކުމަތް ވަރުގަދަކޮށް، މައްސަލަތަކަށް ވާސިލްވެވޭނެ ގޮތްތައް އަބަދުވެސް ދިރާސާކޮށްގެންނެވެ. ގިނަ މީހުންނާ ވާހަކަ ދައްކާ އިތުބާރު ގާއިމްކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

7 Responses

  1. Ehenveema birehnugaiythaa dhoa, furaanaya ah nurakka vaa hissabah goss salaamaiyve libunu emme furathama furusathugaves thiya araigathee bodu faafayakahviyya. Thibaa ah heyovisnun dhevvashi..

  2. އެކަމު ޑްރައ ސބަރުންގެ އަގެއްނެތް…އަގޔޖުރިބަޔަކީ ޕޮލިހުން ސިފައިން. މެޑެލިން ފުރެ ނ ީ ބަޑިއެއް ޖަހާނުލާ…..

  3. Kuree faharaku ves hama mibai
    Aa baeh liyeveyny kon irakun kon dhuvahakun baa
    Miharu mibai kiyaa kiyaa foohi vejje adhi hama ehaa dhuvas ves vejje anekka ves mi liyuny hama mibai

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *