Ad
ރައީސް މާލެ ވަޑައިގަތުން. ފޮޓޯ: ރައީސްއޮފީސް
ރައީސް މާލެ ވަޑައިގަތުން. ފޮޓޯ: ރައީސްއޮފީސް

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ފާދިއްޕޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އިއްޔެވަނީ، ޅ. މާފިލާފުށްޓަށް ވަޑައިގަންނަވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާ ކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ހުވަޔަކީ ސިފައިންގެ ކުރިމަގު އޭގެ މަތީގައި ބިނާކޮށްދޭނެ ބިންގާ ކަމަށާއި، އެއީ މާތްވެގެންވާ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ މަތީގައި ސީދަލަށް އެޅިފައިވާ ބިންގަލެއް ކަމުގައި ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ، ސިފައިންގެ ކޮންޕޯސިޓް ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތް ކުރައްވައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ އެޑިއުކޭޝަން ކޮމާންޑްގެ ދަށުން ޤާއިމުކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީ.ބީ.އެސް) ހުޅުއްވައި ދެއްވާފައެވެ. އަދި އެމަނިކުފާނުވަނީ މާފިލާފުށީގެ މުހިންމު ތަންތަނަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

މި ދަތުރުފުޅުގައި މާފިލާފުށިން ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވީ، ޅ.ފެލިވަރަށެވެ. އެރަށަށް ޒިޔާރަތް ކުރައްވައި، އެމަނިކުފާނުވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކާއި، އެތަނުގައި ބިނާކުރާ އައު ކޯލްޑް ސްޓޯރޭޖް ބިނާކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވައިލައްވާފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ، އެރަށުގައި އެވަގުތު ތިބި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް އަޑުއައްސަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *