ބޯކޮށް ވާރޭވެހި ވަޔާއި ކަނޑު ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ މިއަދުގެ ފަތިހު 4:30 އިން ފެށިގެން ހެނދުނު 9:30 އަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert White for heavy rain, thunderstorms and gusts of 40 mph extended. pic.twitter.com/3jQebHGOIw
— Maldives Meteorology (@MetMaldives) September 12, 2026
އަދި އެވަގުތުތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައި ވެއެވެ.




