ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އައު ލީޑަރޝިޕް ރަސްމީކޮށް އެކުލަވާލައި، މަގާމުތަކަށް އިންތިހާބުވި ބޭފުޅުން މިއަދު ހުވާކުރައްވައިފި އެވެ.
މި ބޭފުޅުން ހުވާކުރެއްވީ އެ ޕާޓީގެ މަތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.
ޕީއެންސީގެ ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުން
– ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
– ނައިބު ރައީސް އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފް
– ނައިބު ރައީސް އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާހް
– ނައިބު ރައީސް އަބްދުﷲ ރާފިއު
– ނައިބު ރައީސް އަހުމަދު ޝިޔާމް
– ނައިބު ރައީސް ފާތިމަތު ސައުދާ
– ނައިބު ރައީސް އިބްރާހީމް ޝުޖާއު
– ނައިބު ރައީސް މުހައްމަދު ސައީދު
– ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު)
މިނިސްޓަރުންނާއި މިނިސްޓަރުންގެ ފެންވަރުގައި ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުން
– ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް
– މިނިސްޓަރ އަބްދުﷲ ނާސިފް
– މިނިސްޓަރ މުހައްމަދު އަމީން
– މިނިސްޓަރ ގީލާ އަލީ
– މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް
– މިނިސްޓަރ މުހައްމަދު ތަލާލް
– ސަފީރު އާދަމް ޝަރީފް
ކުންފުނިތަކުގެ ވެރިންގެ ތެރެއިން ލީޑަރޝިޕްގައި ހިމެނޭ ބޭފުޅުން
– ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް
– މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އަލީ ޒުހައިރު
– މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް

މަތީ މަޖިލީހުގައި ޕާޓީގެ އަންހެން މެމްބަރުންގެ ގޮތުގައި އިންތިހާބުވީ ބޭފުޅުންނަކީ މަރްޔަމް ޝިއުނާ އާއި ޝެރީނާ އަބްދުއްސަމަަދާއި އާއިޝަތު މުހައްމަދާއި ފާތިމަތު ރުހުސާނާއާއި ފާތިމަތު މިޒުނާ އާއި ފާތިމަތު މުހައްމަދާއި އާސިޔަތު ރިޔާސާއާއި އާމިނަތު ނަމްޒާއާއި އާމިނަތު ޝުހުދާއާއި މަރިޔަމް ސާމިޔާ އެވެ.
ކޮންގްރެސް ޕާޓީގެ ޒުވާނުންގެ ތެރެއިން މެންބަރުންގެ މަޖިލީހަށް އިންތިހާބުވި ހަތް މެންބަރުންނަކީ ސިމާން ހާދީ، މަލްޝާ ޝަރީފް، އިބްރާހީމް އަދްޔާން ނިމާލް، އިސްމާއީލް ރިފާއު، ލުޖައިނުﷲ ޒުހައިރު، ހައްމާދު ރަޝީދު އަދި މުހައްމަދު އަސީލެވެ.
މަތީ މަޖިލީހުގައި އާއްމު މެމްބަރުންގެ މަގާމަށް އިންތިހާބުވީ ބޭފުޅުންނަކީ އަހްމަދު ހަމްދުﷲ ރަޝީދު، ހުސައިން ޔާމީން މުހައްމަދު، މުހައްމަދު އަބްދުﷲ، މުހައްމަދު އާސިފް، އަބްދުﷲ މުފީދު، އަމާނީ މުހައްމަދު، އިބްރާހީމް ރައްޒާން، އަހްމަދު ސިއްދީގް، ޝުއާއުﷲ ސައީދު، ހަސަން މާއިލް އަލީ، ހަސަން ފައިހަތު ގުދުރަތުﷲ، މުހައްމަދު ނަޝާތު ރަޝީދު، މުހައްމަދު ކިނާން، މުހައްމަދު އަރީޝް، މުހައްމަދު މަބްރޫކު، އިސްމާއީލު ސުހައިލު، އަހްމަދު ޝިމާއުގެ އިތުރުން މުހައްމަދު ވަހީދެވެ.
ކޮންގްރެސް ޕާޓީގެ އަންހެނުންގެ ކޮމިޓީގެ ހިންގާ ކޮމިޓީއަށް އިންތިހާބުވީ ބޭފުޅުންނަކީ އެ ހަރަކާތުގެ ރައީސާ ހީނާ ވަލީދު، ނައިބު ރައީސާ އައިމިނަތު ހުސެއިން ޝަރީފް، ސެކްރެޓަރީ ޖެނެރަލް އާމިނަތު ނާސިހާ އަދި ހަޒާންދާރު އާމިނަތު ޝިޒްލީނެވެ.
ކޮންގްރެސް ޕާޓީގެ ޒުވާނުންގެ ކޮމިޓީގެ ހިންގާ ކޮމިޓީއަށް އިންތިހާބުވީ ބޭފުޅުންނަކީ އެ ހަރަކާތުގެ ރައީސް އިބްރާހީމް އަބާން އަބްދުއްލަތީފް، ނައިބު ރައީސް ހަސަން ޝަހީދު، ސެކްރެޓަރީ ޖެނެރަލް އިސްމާއީލް އަޒްމީ އަދި ހަޒާންދާރު އިސްމާއީލް ރިފާއުއެވެ.
ޕާޓީގެ އިދާރީ އިސް މަގާމުތައް
– ސެކްރެޓަރީ ޖެނެރަލް އަލްއުސްތާޒް މޫސާ ފަތުހީ އާދަމް
– ޑެޕިއުޓީ ސެކްރެޓާރީ ޖެނެރަލް މުހައްމަދު ލަމްޢާން
– ހަޒާންދާރު ހުސެއިން ފަހުމީ
މި ބޭފުޅުންގެ އިތުރަށް ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންނާއި ޑެޕިއުޓީ ޕީޖީ ލީޑަރުންކަމުގައިވާ މުހައްމަދު އިސްމާއީލާއި މުހައްމަދު ޝާހިދާއި، ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި، ރަށްތަކާއި ދާއިރާތަކުގެ އަންހެނުންގެ ހަރަކާތުގެ ރައީސާއިންނާއި ރަށްތަކާއި ދާއިރާތަކުގެ ޒުވާނުންގެ ހަރަކާތުގެ ރައީސުން ވެސް މިއަދު ހުވާކުރައްވާފައިވެއެވެ.




