އާ ގާނޫނުއަސާސީ ވުޖޫދުވެގެންއައީ މީގެ 23 އަހަރު ކުރިން ސެޕްޓެމްބަރު 19، 20 ގައި ބިރުފަހަނައަޅައި ނުކުތް ދިވެހިންތަކެއްގެ ހިތްވަރުން ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި ފައްޔާޒް ވިދާޅުވީ މީގެ 23 އަހަރު ކުރިން މާފުށީ ޖަލުގައި އީވާން ނަސީމް އަނިޔާވެރި ގޮތަކަށް މަރާލުން ވެގެންދިޔައީ ރާއްޖޭގެ ޖަލުތަކުގައި އޭރު އާންމުވެފައި އޮތް ލާއިންސާނީ އަނިޔާކުރުމާއި ގައިދީންގެ އިންސާނީ ކަރާމާތް ނަގާލުމުގެ ސަގާފަތް ހާމަވެގެންދިޔަ ހާދިސާ އަކަށް ކަމަށެވެ.
މީގެ 23 އަހަރު ކުރިން މާފުށީ ޖަލުގައި އީވާން ނަސީމް އަނިޔާވެރި ގޮތަކަށް މަރާލުން ވެގެންދިޔައީ ރާއްޖޭގެ ޖަލުތަކުގައި އޭރު އާންމުވެފައި އޮތް ލާއިންސާނީ އަނިޔާކުރުމާއި ގައިދީންގެ އިންސާނީ ކަރާމާތް ނަގާލުމުގެ ސަގާފަތް ހާމަވެގެންދިޔަ ހާދިސާއަކަށް. އަސާސީ ހައްގުތަކެއް ޔަގީންވާނެ އާ…
— Fayyaz Ismail (@faya_i) September 19, 2026
އަދި އެ ހާދިސާ އާއިގުޅިގެން ސެޕްޓެމްބަރު 19 އާއި 20 ގައި ބިރުފަހަނައަޅައި ނުކުތް ދިވެހިންތަކެއްގެ ހިތްވަރު ވެގެންދިޔައީ ހައްގުތަކެއް ޔަގީންވާނެ އައު ގާނޫނުއަސާސީ ވުޖޫދުވެގެން ދިޔަ ސަބަބު ކަމަށާއި، އެ ހާދިސާއަށްފަހުމިއަދު އާކުރަމުން މިދަނީ ކޮންމެ އަނިޔާވެރި ވެރިކަމަކަށް ވެސް ނިމުމެއް އޮންނާނެކަން ސާބިތުކޮށްދިން ދިވެހިންގެ ހަނދާންތައް ކަމަށެވެ.




