އަމީނީ މަގު މަރާތުކުރުމުގެ މަސައްކަތުގެ ސެގްމަންޓް-1 ގައި ތާރުއަޅަން ފަށާފައިވާ ކަމަށް އެ މަައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެފައިވާތީ މަގު މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދު އަލުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރެއިން މިހާރު މަސައްކަތް ފަށާފައިވާ ސެގްމަންޓް 1ގެ ދަށުން މަރާމާތު ކުރަމުންދަނީ، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކާއި ހަމައަށް އޮންނަ ސަރަހައްދު އެވެ.
We have commenced the asphalt paving works for Segment 1 of Ameenee Magu.
We believe this project will contribute to better roads for both vehicle drivers and pedestrians in Malé City.#TeamMTCC #GaumuBinaaKurumugaiMTCC #RayyithungeKunfuni pic.twitter.com/lnjXxUfY3Z
— MTCC Plc (@MTCCPlc) September 19, 2026
އަމީނީ މަގުގެ ހުޅަގުން ބޮޑު ސަރަހައްދެއް އާންމު ދަތުރުފަތުރަށް އުނދަގޫވާވަރަށް ހަލާކުވެފައިވާތީ އެ މަގުގެ މަރާމާތުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރުމާ ގުޅިގެން އެ މަގުގެ މަރާމާތުގެ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު އެވެ.
އެގޮތުން ފުރަތަމަ ސެގްމަންޓުގެ ގޮތުގައި މަރާމާތުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ކުރީގެ ހައުސިންގ މިނިސްޓްރީން ފެށިގެން ހުޅަނގަށް އެމަގު ނިމެންދެން އޮތް ސަރަހައްދުގެ މަސައްކަތެވެ.
އެކުންފުނިން ބުނީ ސެގްމަންޓް-2 ގެ ގޮތުގައި ދެން މަސައްކަތް ފަށާނީ ހައުސިންގ މިނިސްޓްރީން ފެށިގެން އިރަށް ގިޔާސުއްދީން ސްކޫލާ ހަމައަށް އޮންނަ ސަރަހައްދުގެ މަސައްކަތް ކަމަށާއި އެ ސެގްމަންޓްގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.




