ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓްގެ އައު އިމާރާތް އެޅުމަށް މާލެއިން ބިން ހަމަޖެހިފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
2008 ވަނަ އަހަރު އަމަލުކުރަން ފެށުނު ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ސުޕްރީމް ކޯޓު ގާއިމުކުރިތާ 18 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލް އަބްދުލްޣަނީ ވިދާޅުވީ ސްޕްރީމް ކޯޓު އެޅުމަށް ހާއްސަކޮށްފައިވާ ބިން މި މަހުގެ 8 ވަނަ ދުވަހު ސްޕްރީމް ކޯޓަށް ލިބިފައިވާ ކަމަށެވެ.
ސްޕްރީމް ކޯޓް މިހާރު ހިންގަމުންދަނީ ރައީސް މައުމޫންގެ ވެރިކަމުގަެ ދުވަސްވަރު ރިޔާސީ ގަނޑުވަރުގެ ގޮތުގައި ބޭނުންކުރެއްވި ތީމުގޭގައެވެ.
ތީމުގެ އިމާރާތުގައި ސްޕްރީމް ކޯޓުގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވެސް އަންނަނީ ހިންގަމުންނެވެ.




