Ad

އަނެއްކާވެސް މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

އަނިޔާވެފައިވަނީ 28 އަހަރުގެ ދިވެއްސަކަށް

މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިންގެ އެހީތެރިކަމާއެކު އޭނާ މުއްޔަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ. މ މުލަކާ ދިމާލުން 12 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ހާސިލް-2 ދޯނީގެ 28 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ އެހީތެރިކަމާއެކު މ. މުލީ ރީޖިނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާކަމަށެވެ.

އަނިޔާވި މަސްވެރިޔާއަށް ކޯސްޓްގާރޑުގައި އަވަސް ފަރުވާދެނީ/ ފޮޓޯ: އެމްއެންޑީއެފް

މިދިޔަ ހަފްތާގައިވެސް ވަނީ 2 މަސްވެރިއެެއްގެ ލޮލަށް ބުޅި ހެރިގެން ސިފައިންގެ އެހީގައި އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މިގޮތުން މިދިޔަ ބުދަ ދުވަހު މ. ކޮޅުފުއްޓާ ދިމާ 11 މޭލު ބޭރުން މަސްވެރިކަން ކުރަމުންދަނިކޮށް އެދޯނީގައި ހުރި 26 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުމާ ގުޅިގެން އޭނާއަށް އަވަސްފަރުވާ ދިނުމަށް އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ ކޯސްޓްގާޑުން އޭނާ މ. މުއްޔަށް ގެންގޮސް ފަރުވާދޭން ފަށާފައިވެއެވެ. އަދި ޖެހިގެން އައި ބުރާސްފަތި ދުވަހު ކ. އެނބޫދޫ ފިނޮޅުގެ އިރު ދެކުނުން 6 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "ވިލާ ވާލި" ދޯނީގެ 22 އަހަރުގެ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ސިފައިން ވަނީ އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފީދައެވެ.

މަސްވެރިންގެ ލޮލަށް ބުޅިހެރުމަކީ މިހާރަކަށް އައިސް އާންމުކޮށް ދިމާވާ ނުރައްކާތެރި ހާދިސާއެކެވެ. މިކަމަކީ ލޮލުގެ ފެނުން ގެއްލިދާފަދަ ނުރައްކާތެރި ކަމެކެވެ. މިކަމުން ސަލާމަތްވުމަށް ދޮށިއަޅާއިރު އައިނާއި، ހެލްމެޓް އެޅުމަކީ މިކަމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *