Ad
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

މިއަދު ޕޮޒިޓިވްވި 14 މީހުންނާއިއެކު ޖުމްލަ އަދަދު 13 ހާހާއި ގާތަށް!

ރާއްޖެއިން މިއަދު ކޮވިޑް 19 ވައިރަސްއަށް ޕޮޒިޓިވްވީ 14 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު މާލެ ސަރަހައްދުން 8 މީހުން ޕޮޒިޓިވްވިއިރު، ރަށްރަށުން 6 މީހުން ޕޮޒިޓިވްވި ކަމަށެވެ.

އަދި މިމީހުންނާއިއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދުވަނީ 13 ހާހާއި ގާތްކޮށްފައެވެ.

ރާއްޖެއިން މިހާތަަނަށް ކޮވިޑަށް ޓެސްޓް ކުރުމަށް 241،346 ސާމްޕަލް ނަގާފައިވާއިރު، އޭގެތެރެއިން ޖުމްލަ 12،947 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން 90 އިންސައްތަ މީހުން ބަލިން ރަގަޅުވެފައިވެއެވެ. އެގޮތުން  މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 11،781 މީހުންވަނީ ބަލިން ރަގަޅުވެފައެެވެ.

އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 92 މީހުންނަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭއިރު، މިހާރުވެސް ޖުމްލަ 1،113 މީހުންނަށް ދަނީ މިބަލި ޖެހިގެން ފަރުވާކުރަމުންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެެރެއިން މިހާތަނަށް 46 މީހުންވަނީ މިބަލީގައި މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *