Ad

މާލޭގައި ހިނގި އެކްސިޑެންޓެއްގައި ފަރުވާދެމުން ދަނިކޮށް ޒުވާން އަންހެން ކުއްޖަކު ނިޔާވެއްޖެ

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަރުވާދެމުން ދަނިކޮށް ޒުވާން އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 24 އަހަރުގެ އައިޝަތު ނަޒުރާ ނަމަކަށް ކިޔާ ޒުވާނެކެވެ.

ފުލުހުން ބުނެފައިވަނީ ހުކުރު ދުވަހުގެރޭ 10 ޖަހާ ކަންހާއިރު ބާރު ސްޕީޑުގައި މާލޭގެ އަމީނީ މަގުން ދަރުމަވަނަންތަ ހޮސްޕިޓަލާއި ދިމާލަށް ބޮޑުތަކުރުފާނު މަގަށް ނުކުތް ސައިކަލެއް ކޮންޓްރޯނުވެ ގޮސް ދުވާ ޓްރެކް މައްޗަށް އަރައި އެކްސިޑެންޓެއް ވަނީ ވެފައެވެ.

އެކްސިޑެންޓް ހިނގިއިރު ފަހަތުގައި އިން 24 އަހަރުގެ އަންހެނަކަށް ފަރުވާ ދެމުންދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމައްސަލަ ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަޒްރާއަކީ މާލޭގެ މަޝްހޫރު ޑާންސް ގްރޫޕެއްގައި ހަރަކާތްތެރިވާ ފަންނާނެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *