3 މީހުން އަރައިގެން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެ އަނިޔާވި 5 މީހުންގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރޭދަންވަރު ހުޅުމާލޭގައި 3 މީހުން އަރުވައިގެން ދުއްވި ސައިކަލެއް 2 މީހުންނާއެކު ދުއްވާފަ ދިޔަ ސައިކަލެއްގައި ޖެހި 5 މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
އަދި އެ އެކްސިޑެންޓްގައި އަނިޔާވި 5 މީހުންނަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން 4 މީހެއްގެ ހާލު ސީރިއަށް ކަމަށްވެސް ފުލުހުން ބުނެއެވެ.
މީހަކު އަރައިގެން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެން ރޭ މެންދަމު ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ 3 މީހަކު އަރޔުވައިގެން ދުއްވި ސައިކަލު ހުއްޓުވަށް ފުލުހުން މަސައްކަތް ކުރުމުން ވަންވޭއާ ހިލާފަށް ދުއްވަމުން ދަނިކޮށް، އެހެން ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި 3 މީހުން އަރައިގެން ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށާއި އެ ދުއްވަން އިނީ ލައިސަންސް ނެތްް މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.




