ހުއްދަ ނެތި ބޭންކިންގެ ހިދުމަތްދީ، ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ހިންގާ ކަމުގެ ތުހުމަތުކުރެވޭ ފަރާތްތަކެއް ބަލައި ފާސްކުރުމުގެ އޮޕްރެޝަނެއް ހިންގާފައިވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ އެ މައްސަލާގައި، ފުލުހުން ބުނީ ހުއްދަނެތި ބޭންކިންގެ ހިދުމަތްދީ ބޭރުފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ކަމުގެ ތުހުމަތުގައި ބަލައި ފާސްކޮސްފައިވަނީ 5 ދިވެއްސަކާއި، 4 ބިދޭސީންނާއި ފިހާރައަކާއިޮ އަދި ބިދޭސީން ދިރިއުޅޭ ތަނެއް ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ބަލައި ފާސްކުރި ފަރާތްތަކާއި ތަންތަނުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.




