Ad
ދުއްވާފައިދިޔަ ސައިކަލެއް ފުލުހުން ޗެކްކުރަނީ
ދުއްވާފައިދިޔަ ސައިކަލެއް ފުލުހުން ޗެކްކުރަނީ

ޤަވާއިދާ ޚިލާފަށް ބާރަށް ދުއްވާ މީހުންނަށްވުރެ، ހަވީރު ފިންޏަށް ދުއްވާފައިދާ ދެމަފިރިން ހުއްޓުވައި ޗެކްކުރާލެއް ގިނަ: މެންބަރު އިންތި

ލައިސަންސް އޮތަސް ނެތަސް ޤަވާއިދާ ޚިލާފަށް ބާރަށް ދުއްވާ މީހުން ހުއްޓުވުމުގެ ބަދަލުގައި، ހަވީރު ފިންޏަށް ދެމަފިރިއަކު އާދައިގެ ގޮތަށް ދުއްވާފައިދާދިއުމުގައި ހުއްޓުވައި، ޗެކްކުރާލެއް ގިނަކަން ފާހަގަކުރެވޭކަމަށް، ރައްޔިތުންގެ މަޖްލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މެންބަރު އިންތި މިފަދައިން ވިދާޅުވެފައި މިވަނީ، ހުކުރު ދުވަހުގެ ރޭގެ 10  ޖަހާކަންހާއިރު މާލޭ ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް އެކްސިޑެންޓްވެ އެސައިކަލުގެ ފަހަތުގައި އިން ޒުވާން އަންހެން ކުއްޖަކަށް ލިބުނު އަނިޔާގެ ސަބަބުން އެޒުވާނާ މިއަދު މަރުވި ޚަބަރު ޝާއިޢުކޮށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ހިއްސާކުރަށްވައި ކުރެއްވި ޓްވީޓެއްގައެވެ.

ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވައިގެން އެންމެން ރައްކާތެރިކުރަންޖެހޭކަމަށްވެސް، އިންތިގެ މި ޓްވީޓް ނިންމަވާލައްވަމުން އިތުރަށް ފާހަގަ ކުރައްވާފައި ވެއެވެ.

https://twitter.com/Imthiyazfahmy/status/1332936440653639680?s=20

ނުރައްކާތެރިކޮށް ނުވަތަ ހުއްދަކުރާ މިންވަރަށްވުރެ ބާރަށް ސައިކަލު ދުއްވުމަކީ ބައެއް ޒުވާނުންގެ ފުށުން ފެންނަމުންދާ ނޭދެވޭ އަދި އެންމެހައި ނުރައްކާތެރި ކަމެއްވެސް މެއެވެ. އަދިހަމަ އެފަދަ ޢަމަލުތަކުގެ ސަބަބުން، ކުށެއްނެތް މަޢުޞޫމު ފަރާތެއްގެ މުދަލާއި ފުރާނައިގެ އިތުރުން ޚުދު ތިމާއާއި ތިމާ ލޯބިވާ މީހުންނަށްވެސް ހިނދުކޮޅެއްގެ ތެރޭގައި ހިތާމަވެރި ގޮތްތަކެއް ކުރިމަތިކުރުވަފާނެކަމީ ޤަބުލުކުރަންޖެހޭ ހަޤީޤަތެކެވެ. މިއަދު ހިނގައިދިޔަ ހާދިސާއަކީވެސް އެފަދަ ޢިބުރަތުން ފުރިފައިވާ ހާދިސާއެއްކަން ފާހަގަކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *