Ad

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މިއަދު ފަސް މެންބަރުން ޢައްޔަނުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ޢައްޔަނުކުރައްވާފައިވަނީ، އއ. މަތިވެރި ވެސްޓްބީޗު އަލްއުސްތާޛު މުޙައްމަދު މުނައްވަރު ޢަލީއާއި، ގ.ގޮފި އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތާއި، މ. ފާމްދޭރިގެ ހުސައިން ޒައިދާން ޖަލީލާއި، މއ. ވިލާރޮދި އިސްމާޢީލް ސާޖިދާއި، ދަފްތަރު ނަންބަރު ރސ 7883 އަލްއުސްތާޛު އަޙްމަދު އަޝްރަފެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވާފައިވަނީ، މިދިޔަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުއެވެ. އަދި އެއީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ފަސް މެންބަރުންގެ މަޤާމުގެ މުއްދަތު 2020 ނޮވެންބަރު 28 ގެ ނިޔަލަށް ހަމަވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް މި ފަސް މެންބަރުން ޢައްޔަނުކުރެއްވުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުންވަނީ މި ފަސް ބޭފުޅުންނަށް ރުހުން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *