ގއ. ވިލިނގިލި ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނީ މި މަހުގެ 13 ވަނަ ދުވަހު ނައްތާލާފައިވަނީ 2026 ޖުލައި 23 އިން ސެޕްޓެމްބަރު 20 އަށް ކޫއްޑޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ 175 ފުޅި ބަނގުރަލާއި 102 ދަޅު ބަނގުރާ ކަމަށެވެ.
އޭގެ އިތުރުން، ގަވާއިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފައިވާ 20 ކާޓޫން ސިނގިރެޓްވެސް ނައްތާލާފައިވާކަމަށް ފުލުހުން ބުނެއެވެ.
ބަނގުރަލާއި ސިނގިރެޓް ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ އެފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.




