Advertisement
BML Home 2nd Ad

ކީރިތި ޤުރްއާން ކިޔަވައި ނިންމުމަށްފަހު صدق الله العظيم ކިޔުން ޘާބިތުވޭތަ؟

ސުވާލު: ކީރިތި ޤުރްއާން ކިޔަވައި ނިންމުމަށްފަހު صدق الله العظيم ކިޔުން ޘާބިތުވޭތޯ؟ ނޫންނަމަ ވަކި ދުޢާއެއް ކިޔުން ޘާބިތުވޭތޯ؟

Advertisement
Etukuri Inside ad 300x300 Desktop

ޖަވާބު: الحمد لله والصلاة والسلام على رسول الله.

ކީރިތި ޤުރްއާން ކިޔަވައި ނިންމުމަށްފަހު ކިޔުމަށް ވަކި ޚާއްޞަ ދުޢާއެއް ސުންނަތުން ޘާބިތުވާކަށް ނެތެވެ. އަދި ބައެއް މީހުންގެ ދޫތަކުން މަޝްހޫރުވެފައިވާ صدق الله العظيم އަކީ ކީރިތި ޤުރްއާން ކިޔަވައި ނިންމާފައި ކިޔުމަށް އެއްވެސް ދަލީލަކުން ޘާބިތު ކަލިމައެއް ނޫނެވެ.

ޢިލްމުގެ އަދި ޛިކްރުގެ މަޖިލިސްތައް ނިންމާއިރު ކިޔުމަށް ސުންނަތުން ވާރިދުވެފައިވާ سُبْحَانَكَ اللهم وَبِحَمْدِكَ، لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ މި ދުޢާ، އަންނަނިވި ޙަދީޘުގެ އަލީގައި، ކީރިތި ޤުރްއާނުގެ މަޖިލިސްތައް ނިމުމުންވެސް ކިޔިދާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

 

عَنْ عَائِشَةَ رضي الله عنها قَالَتْ: ” مَا جَلَسَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَجْلِسًا قَطُّ، وَلَا تَلَا قُرْآنًا، وَلَا صَلَّى صَلَاةً، إِلَّا خَتَمَ ذَلِكَ بِكَلِمَاتٍ، قَالَتْ: فَقُلْتُ: يَا رَسُولَ اللهِ، أَرَاكَ مَا تَجْلِسُ مَجْلِسًا، وَلَا تَتْلُو قُرْآنًا، وَلَا تُصَلِّي صَلَاةً إِلَّا خَتَمْتَ بِهَؤُلَاءِ الْكَلِمَاتِ؟ قَالَ:  نَعَمْ، مَنْ قَالَ خَيْرًا خُتِمَ لَهُ طَابَعٌ عَلَى ذَلِكَ الْخَيْرِ، وَمَنْ قَالَ شَرًّا كُنَّ لَهُ كَفَّارَةً: سُبْحَانَكَ اللهم وَبِحَمْدِكَ، لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ- (روى النسائي في “السنن الكبرى” (10067)، وفي “عمل اليوم والليلة” (308)، والطبراني في “الدعاء” (1912)  وصححه الألباني في “الصحيحة” (3164).)

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުވަހަކުވެސް ވަކި ކަލިމަތަކަކުން ނިންމާނުލައްވާ، މަޖިލީހެއްގައި މަޖިލީސްނުކުރައްވަތެވެ. އަދި މިކަލިމަތަކުން ނިންމާ ނުލައްވާ ކީރިތި ޤުރްއާން ތިލާވަތު ނުކުރައްވައެވެ. އަދި ހަމަ އެފަދައިން މިކަލިމަތަކުން ނިންމާ ނުލައްވާ ނަމާދެއްވެސް ނުކުރައްވަތެވެ.” ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ތިމަންކަމަނާ ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ. މިކަލިމަތަކުން ނިންމާނުލައްވާ، ކަލޭގެފާނު އެއްވެސް މަޖިލީހެއްގައި މަޖިލިސްނުކުރައްވާތީއާއި މިކަލިމަތަކުން ނިންމާނުލައްވާ ކަލޭގެފާނު ކީރިތި ޤުރްއާން ތިލާވަތު ނުކުރައްވާތީއާއި މިކަލިމަތަކުން ނިންމާ ނުލައްވާ ކަލޭގެފާނު ނަމާދެއްވެސް ނުކުރައްވާތީ ތިމަންކަމަނާ ދެކެވަޑައިގަންނަވަމެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އާއެކެވެ. މަޖިލީހުގައި ހެޔޮބަހެއް ބުނެފައިވާ މީހާ، ފަހެ މި ދުޢާވަނީ އޭނާގެ އެ ހެޔޮބަސްތަކުގެ މައްޗަށްވާ ސިއްކައެއް ކަމުގައެވެ. އަދި މަޖިލީހުގައި ނުބައިބަހެއް ބުނެވިފައިވާ މީހާ، ފަހެ އޭނާގެ މައްޗަށް މި ބަސްތައްވަނީ ކައްފާރާއެއް (ފާފަ ފުހެވުމެއް) ކަމުގައެވެ. سُبْحَانَكَ اللهم وَبِحَمْدِكَ، لَا إِلَهَ إِلَّا أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ މިދުޢާގެ މާނައީ “އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. އިބައިލާހަށް ހުރިހާ ޙަމްދުޘަނާ މިލްކުވެގެންވެއެވެ. އިބައިލާހު މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. މިއަޅާ އިބައިލާހުގެ ޙަޟްރަތުން މިއަޅާގެ ފާފަފުއްސަވައިދެއްވުން އެދި ދަންނަވަމެވެ. އަދި މިއަޅާ އިބައިލާހަށް ތައުބާވަމެވެ.”

އައްސިންދީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ސިއްކައެއް ކަމުގައޭ ޙަދިޘްކުރެއްވުމުގެ މުރާދަކީ އެ ހެޔޮކަމުން ލިބުނު ޘަވާބު ޘާބިތުވުމެވެ. ޤަބޫލުކުރެއްވުމުގެ ދަރަޖައަށް އެ ޢަމަލު އުފުލުމެވެ. އަދި އެ ޢަމަލު ރައްދުކުރެވިދާނެކަމުގެ ބިރުފިލައިގޮސް ރައްދު ނުކުރެވޭނެކަމުގެ ގެރެންޓީ ލިބުމެވެ. މިކަން މިގޮތަށް ނުވިނަމަ ފަހެ އެވާހުށީ އޭނާއަށްޓަކައި ވާ ކައްފާރާއަކަށެވެ. (ފާފަ ފުއްސެވުމަކަށެވެ)” “مرعاة المفاتيح” (8/ 204).

 

އެހެންކަމުން، ކޮންމެ މުސްލިމަކުވެސް އެމީހެއްގެ މަޖިލީސްތައް، އެއީ ޤުރްއާން ކިޔެވުމުގެ މަޖިލީހެއް ކަމުގައިވިޔަސް، ނަމާދެއް ކުރިކަމުގައިވިޔަސް، އޭނާގެ އެކުވެރިންނާ ބައްދަލުކުރިކަމުގައިވިޔަސް، އޭނާގެ ގޭގެ އަހުލުވެރިންނާއެކު މަޖިލީސްކުޅަ ނަމަވެސް، އޮފީސް އޮފީހުގައި ބައްދަލުވުންތައް ބޭއްވިކަމުގައިވިޔަސް، ނިންމާހިނދު މި ދުޢާ ކިޔުން ސުންނަތްވެގެންވެއެވެ. ނުވަތަ ނުނިމެނީސް ނުކުންނަން ޖެހިއްޖެ ޙާލަތުގައި ނުކުންނަ މީހަކު އޭނާ އެހިސާބުން އެ މަޖިލީހާ ވަކިވާތީ އޭނާވެސް މިދުޢާ ކިޔައި ނުކުތުން ސުންނަތްވެގެންވެއެވެ.

ވަﷲ އަޢުލަމު

 

މަރްޖިޢު

https://islamqa.info/ar/answers/313001

Advertisement
MTCC Home 1st ad
Advertisement
Maldives Gas Home 3rd Side ad
ގުޅުންހުރި ލިޔުންތައް
Advertisement
Maldives Gas Home 3rd Side ad
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Advertisement
Moo moo Single Last add