Ad
ރޭގެ ޖަލްސާގައި ރައީސް މައުމޫން ވާހަކަދައްކަވަނީ :-ފޮޓޯ: އެމްއާރއެމް
ރޭގެ ޖަލްސާގައި ރައީސް މައުމޫން ވާހަކަދައްކަވަނީ :-ފޮޓޯ: އެމްއާރއެމް

އެމް.އާރ.އެމް އަކީ ވަކި ބައެއްގެ ފައިދާއަށް މަސައްކަތްކުރާ ބައެއް ނޫން: ރައީސް މައުމޫން

މައުމޫން ރިފޯމް މޫމަންޓް (އެމް.އާރ.އެމް) ގެ އެންމެ މުހިންމު އަސާސަކީ ހުރިހާކަމަކަށްވެސް ޤައުމީ ނަޒަރަކުން ބެލުމުގެ އާދަ އަށަގެންނެވުން ކަމަށާއި، އެމް.އާރ.އެމް އަކީ ވަކިބައެއްގެ ފައިދާއަށް މަސައްކަތްކުރާ ނުވަތަ ވަކިބައަކާ ދެކޮޅަށް މަސައްކަތްކުރާ ބައެއްވެސް ނޫންކަމަށާއި، އެމްއާރއެމް އިން ބަލާނީ ޤައުމުގެ އެންމެންގެ ފައިދާއަށްކަމަށް، އެ ޕާޓީގެ ބާނީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމް.އާރ.އެމް އުފުދުނުތާ އެއް އަހަރު ފުރުމާ ގުޅިގެން އެޕާޓީގެ ފަރާތުން އޮންލައިންކޮށް ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން، ޤައުމުގައި ހިމެނޭ އެންމެހައި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެންމެންނަށް ފައިދާހުރި ގޮތްތައް ހޯދަައިދެވޭތޯ މަސައްކަތް ކުރުމާއެކު ޤައުމީ ނަޒަރަކުން ކަންކަމާމެދު ވިސްނުމަށް އާދަކުރުމަކީ އެޕާޓީގެ އެންމެ ބޮޑު ކަންތައްކަމަށްވެސް، ރައީސް މައުމޫން ވިދާޅުވިއެވެ.

"ކޮންމެ ކަމެއް ދިމާވިޔަސް އަޅުގަނޑުމެން ބަލާނީ އެކަމުގައި އޮތީ، ޤައުމަށް އޮތީ، ކޮން ފައިދާއެއްތޯ. ޤައުމަށް އޮތީ ކޮން ގެއްލުމެއްތޯ. ބަލާފައި އެލިބޭ ފައިދާއެއްގެ މައްޗަށް ނުވަތަ އެލިބޭ ގެއްލުމަކަށް ރިޢާޔަތްކޮށްފައި އަޅުގަނޑުމެން ގޮތެއް ނިންމާނީ". ވެރިކަން ކުރާ ކޯލިޝަން ސަރުކާރުގެވެސް މުހިންމު ބައިވެރިއެއްކަމަށްވާ ރައީސް މައުމޫން، އެމަނިކުފާނުގެ ޕާޓީގެ އަސާސްތަކާއި ހިފަހައްޓަވާނެ ހަމަތައް ތަފްޞީލުކޮށްދެއްވަމުން އިތުރަށް ވިދާޅުވިދާޅުވެފައި ވެއެވެ.

އެމް.އާރ.އެމް އަކީ ރައީސް މައުމޫން އިސްކޮށް ހުންނަވައި އުފެއްދެވި ތިންވަނަ ސިޔާސީ ޕާޓީއެވެ. އެންމެ ފުރަތަމަ އުފެއްދެވި ޑީ.އާރ.ޕީ ބައިބައި ވުމާއި ގުޅިގެން އެމަނިކުފާނު އިސްކޮށް ހުންނަވައި ޕީޕީއެމް އުފެއްދެވިއެވެ. އަދި އެއްބަފާ ކޮށްކޯފުޅު ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުންތައް އިންތިހާއަށްގޮސް، ޕީޕީއެމްވެސް ބައިބައިވެގެން ދިއުމާއެކު، ރައީސް މައުމޫން ޕީޕީއެމުން ވަކިވެވަޑައިގަންނަވައި އޭރުގެ ސަރުކާރާ ދެކޮޅަށް ނުކުންނަވައި، ވަކި ޙަރަކާތެއްގެ ގޮތުގައި އިދިކޮޅާ ގުޅިވަޑައިގެން މަސައްކަތް ކުރަށްވައި އަދުގެ ކޯލިޝަން ސަރުކާރު ގެނައުމަށްވެސް އިންތާއަށް ބޮޑެތި މަސައްކަތްތައްކެއް ރައީސް މައުމޫން ކުރަށްވާފައި ވާއިރު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް އިސްވެރިން ގެންދަވަނީ ރައީސް މައުމޫނަށާއި އެމަނިކުފާނުގެ ޕާޓީއަށް ނިސްބަތްކުރަށްވައި ބަހުގެ ހަމަލާތައް ދެއްވައި ފާޑުކިޔުންތައް އަމާޒުކުރަށްވަމުންކަން ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *