Ad
ވައްކަމުގެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާކަމަށް ފުލުހުން އިޢުލާނުކޮށްފައިވާ މީހާ -: ފޮޓޯ: ފުލުހުން
ވައްކަމުގެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވާކަމަށް ފުލުހުން އިޢުލާނުކޮށްފައިވާ މީހާ -: ފޮޓޯ: ފުލުހުން

ގަސްތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ފުލުހުން މީހަކު ހޯދަނީ

ފާއިތުވެ ދިޔަ ބުދަދުވަހުގެ ވަގުތެއްގައި މާލޭގެ ގެއަކުން ގަސްތަކެއް ވަގަށް ނަގާފައިވާކަމަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ ޢާންމުކޮށްފިއެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓުގެ އިތުރުން ޓްވިޓަރ ހޭންޑްލްގައި ވީޑިއޯ ޢާންމުކުރުމަށްފަހު ހާމަކޮށްފައި ވަނީ، އެ ވީޑިއޯގައިވާ މީހަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށާއި، އެމީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައި ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރުމަށް އެދޭކަމުގައެވެ. އަދި، އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުންގެ ފަރާތުން ޢާންމުރައްޔިތުންނަށް ޝުކުރުއަދާކޮށްފައި ވެއެވެ.

ވައްކަމާއި ފޭރުމާއި މާރާމާރީ ފަދަ ނޭދެވޭ ކުށްތައް މުޖުތަމަޢުގެ ތެރޭގައި ހިނގަމުންދިއުމުގެ އަސްލު ސަބަބު ގޮސްހުއްޓެނީ މަސްތުވާތަކެއްޗާއި ހަމައަށެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކުން އެތަކެތި ބޭނުންކުރުމުގެ ނިސްބަތް ދެމެހެއްޓުމަށް "މަޖުބޫރު" ވެ ދިއުމުގެ ސަބަބުން، އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައި ވައްކަމާ ފޭރުމުގެ ކުށްތަކަށް އަރައިގަންނަމުން ދެއެވެ.

މަސްތުވާތަކެތީގެ މައްސަލަ ދިވެހި މުޖުތަމަޢުގެ ތެރޭގައި މިއަދު އަށަގެންފައި ވަނީ، ޒުވާނުންގެ އާބާދީގެ ބޮޑުބައެއް އެ ވަބާގައި ޖެހި، ކޮންމެ ޢާއިލާއެއްހެން އެކަމުގެ ހިތާމަ ތަހައްމަލުކުރަން ޖެހޭފަދަ ޙާލަތެއްގައިކަމަށް ވާއިރު، ދައުލަތުގެ ފަރާތުން  ޒިންމާދާރުކަމާއެކު އެކަށޭނަ މަސައްކަތްތަކެއް ކޮށް، މަދަނީ ޖަމާޢަތްތަކާއި މުޅި މުޖުތަމަޢުގެ އެންމެހައި އަފްރާދުންގެވެސް ފުރިހަމަ އެއްބާރުލުން ލިބިގެން މެނުވީ، މަސްތުވާތަކެތީގެ މައްސަލައާއި އަދި އެކަމުގެ ފުށުން އުފަންވެގެންދާ އެހެނިހެން ކުށްތަކާއި ބޮޑެތި އިޖްތިމާޢީ މައްސަލަތަކަށް އެކަށޭނަ ޙައްލެއް ލިބިގެން ނުދާނެކަމަށް، ކަމުގެ މާހިރުން ތަކުރާރުކޮށް ބުނަމުންގެންދާހިނދު، އެފަދަ މާހިރުންގެ ވާހަކަތަކަކީ އެކަމުގައި ޙަޤީޤަތެއްވާ ކަމެއްކަން މި ދިވެހި މުޖުތަމަޢުގެ ތެރެއިން ލޯމައްޗަށް ފެންނަމުން ދާކަންވެސް ފާހަގަކޮށްލެވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *