Ad
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން މެންބަރު ޝަރީފް އަދި މެންބަރު ޢަފީފް
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން މެންބަރު ޝަރީފް އަދި މެންބަރު ޢަފީފް

ގިނަ ގޮންޖެހުމާއެކުވެސް ބަޖެޓް ފާސްވެއްޖެ! ރައްޔިތުންނަށް މަރްޙަބާ!: އައްޑޫ ޝަރީފް

ގިނަ ގޮންޖެހުމާ ކުރިމަތިވެގެން ދިޔަކަމުގައިވިޔަސް 2021 ވަނައަހަރަށް ސަރުކާރުން ކަނޑައެޅި ބަޖެޓް ފާސްވެއްޖެކަމަށާއ،ި އެންމެހައި ރައްޔިތުންނަށް ތަހުނިޔާއާއި މަރްޙަބާ އަރިސްކުރަށްވާކަމަށް، ރައްޔިތުންގެ މަޖްލީހުގެ އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ކުރިއަށް އޮތް އަހަރަށް ސަރުކާރުން ކަނޑައެޅި ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖްލީހުން މިއަދު ފާސްކުރެއްވުމާއެކު ކުރެއްވި ޓްވީޓެއްގައެވެ.

މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޮވިޑް-19 ގެ ވަބާގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ހީނަރުކަމެއް އައިސްފައި ވާއިރުއާއ،ި ރާއްޖޭގެ މުޅި އިޤްތިޞާދުހެން އެ ޞިނާޢަތެއްގެ މައްޗަށް ބަރޯސާވާން ޖެހިފައިވާ ފަތުރުވެރިކަމުގެ ޞިނާޢަތް ދުވަސްތަކަކަށް އެއްކޮށް ހުއްޓިފައި އޮތުމުގެ ސަބަބުންނާއި އަދިހަމަ ފަތުރުވެރިކަމުގެ ޞިނާޢަތު އަލުން ހުޅުވާލާފައި ވީނަމަވެސް، އިހުނާ އެއްހަމައަކަށް އެޞިނާޢަތު ދިއުމަށް ދުވަސްތަކެއް ނަގާނެއިރު ދައުލަތުގެ އާމްދަނީ މިވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

2021 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން މަޖްލީހަށް ހުށައަޅާފައިވަނީ 34.7 ބިލިޔަން ރުފިޔާގެ ބަޖެޓެއްނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓް ދިރާސާކުރުމަށްފަހު 200 މިލިޔަން ރުފިޔާ ބަޖެޓަށް އިތުރުކުރުމަށްފަހު މަޖްލީހުން މިއަދު ފާސްކޮށްފައިވަނީ 34.9 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ކުރިއަށްއޮތް އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް ނުވަތަ ޕީއެސްއައިޕީގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައި ވާއިރު، މި ޢަދަދަކީ މިހިނގާ އަހަރާއި އަޅާބަލާއިރު 49.3 އިންސައްތައިގެ އިތުރުވުމެއްކަން ފާހަގަކޮށްލެވެއެވެ. އަދިހަމަ، މީގެތެރެއިން ބޮޑު ބައެއް ހަމަޖެއްސުމަށް ނިންމާފައި ވަނީ ބޭރުގެ ފަރާތްތަކުން ނަގާ ލޯނުތަކުންކަންވެސް ފާހަގަކޮށްލެވެއެވެ.

ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓާގުޅޭގޮތުން ސަރުކާރަށް ނިސްބަތްވާ މެމްބަރުންވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަށްވާފައި ވީނަމަވެސް، މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 68 މެމްބަރުންގެ ވޯޓާއެކުގައެވެ. ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ބައެއް މަޖްލިސް މެންބަރުން މިއަދުގެ ޖަލްސާގައިވެސް ބަޖެޓާ ބެހޭގޮތުން ނުތަނަވަސްކަން ފާޅުކުރަށްވައި، ސަރުކާރަށް ނިސްބަތްކުރަށްވައި ބޮޑެތި ތުހުމަތުތަކެއްވެސް ކުރަށްވާފައި ވެއެވެ. ސަރުކާރުން ހުށައަޅާފައިވާ މި ބަޖެޓަކީ "ގަދަ 11″ މެންބަރުންގެ ދާއިރާތަކުގެ ކަންކަން ވެގެންދާގޮތަށް ފަރުމާކުރެވިފައިވާ ބަޖެޓެއްކަމަށް ވިދާޅުވެ، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން ޢަފީފް ވަނީ މިއަދުގެ ޖަލްސާގައިވެސް ބަޖެޓާމެދު ނުރުހުން ފާޅުކުރަށްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *