Ad
ބަޙްރައިން އިން އިޒްރޭލާއެކު ރަސްމީކޮށް ޑިޕްލެމެޓިކް ގުޅުން 
 ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -: ފޮޓޯ: ރޮއިޓާސް
ބަޙްރައިން އިން އިޒްރޭލާއެކު ރަސްމީކޮށް ޑިޕްލެމެޓިކް ގުޅުން ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -: ފޮޓޯ: ރޮއިޓާސް

ބަޙްރައިންގެ މިނިސްޓަރުންގެ ޓީމެއް އިޒްރޭލަށް!

މެދުއިރުމަތީގެ މުއްސަނދި ޢަރަބި އިސްލާމީ ދައުލަތެއްކަމުގައިވާ ބަޙްރައިންގެ މިނިސްޓަރުންގެ ވަފުދެއް ޔަހޫދީ ދައުލަތް އިޒްރޭލަށް ރަސްމީ ދަތުރެއްކުރުމަށް ހަމަޖެހިފައިވާކަން ބަޙްރައިންގެ ދައުލަތުގެ މީޑިއާ ބީ.އެން.އޭ އިން މިއަދު ހާމަކޮށްފިއެވެ.

ބަޙްރައިން ނިއުސް އޭޖެންސީ (ބީ.އެން.އޭ) އާ ޙަވާލާދީ ބައިނަލް އަޤްވާމީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިވަފްދުގެ އިސްފަރާތެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނީ، ބަޙްރައިންގެ އިންޑަސްޓްރީ ކޮމާރސް އެންޑް ޓޫރިޒަމް މިނިސްޓަރު ޒައިދު ބިން ރާޝިދު އަލް ޒަޔާނީއެވެ. މި ދަތުރުގައި ބަޙްރައިންގެ ވަފްދުން އިޒްރޭލުގެ އިސް އޮފިޝަލުންނާ ބައްދަލުކުރަށްވައި، ވިޔަފާރިއާއި ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުން ދެގައުމުން އެއްބާރުލުން ދިނުމާއިއެކު އެއްގައުމުން އަނެއްގައުމާއެކު ތަޖުރިބާ ހިއްސާކުރުމާ ބެހޭގޮތުން މަޝްވަރާކުރަށްވާނެކަމަށްވެސް، ބަޙްރައިންގެ ރަސްމީ ނޫސް އެޖެންސީން ހާމަކޮށްފައި ވެއެވެ. މި ދަތުރަކީ، އިޒްރޭލާއެކު ބަޙްރައިން އަދި ޔޫއޭއީ އިން ރަސްމީކޮށް ގުޅުން ޤާއިމުކުރުމަށްފަހުގައި، ބަޙްރައިންގެ ރަސްމީ ފަރާތްތަކުން އިޒްރޭލަށް ދަތުރުކުރަށްވާ ދެވަނަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.

ފަލަސްތީނުގައި މުސްލިމުންގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅެމެންދާ ޔަހޫދީ ދައުލަތް އިޒްރޭލާއެކު ޢަރަބި އިސްލާމީ ޤައުމުތަކުން ގުޅުން ޤާއިމުކުރަމުން ގެންދާތީވެ، އިސްލާމީ ޤައުމުތަކުންނާއި އަދި މުޅި އިސްލާމީ އުންމަތުގެ ޢާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ގެންދިޔަނަމަވެސް، އެފަދަ ދައުލަތްތަކުން ބުނަމުން ގެންދަނީ، އިޒްރޭލާއެކު ގުޅުން ބަދަހިކޮށްގެން މެނުވީ ފަލަސްތީނަށްވެސް އަދި މެދުއިރުމައްޗަށްވެސް ސުލްޙައެއް ނުލިބޭނެކަމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *