Ad
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކު އެމްބިއުލެންސަށް އަރުވަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

ކޮވިޑް 19 – މިއަދު 17 ކޭސް، ޖުމްލަ އަދަދު 13 ހާހުން މައްޗަށް!

މިއަދު ރާއްޖެއިން ކޮވިޑް 19 ވައިރަސްއަށް 17 މީހުން ޕޮޒިޓިވްވެ، ޖުމްލަ އަދަދު 13 ހާހަށްވުރެ އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ، މިއަދު ޕޮޒިޓިވްވި 17 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 15 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 2 މީހުން ކަމަށެވެ. އަދި މިމީހުންނަކީ މިއަދު ނެގި 1،499 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުން ކަމަށެވެ.

މިއަދުގެ ޕޮޒިޓިވް ކޭސްތަކާއިއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 13،011 އަށް އިތުރުވެފައެވެ.

އަދި ބައްޔަށް ފަރުވާކުރާ މީހުންގެ އަދަދުވަނީ، 1،019 އަށް އަރާފައެެވެ. މިމީހުންގެ ތެރެއިން 95 މީހުންނަށް ފަރުވާދެނީ، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 11،939 މީހުންވަނީ ބަލިން ރަގަޅުވެފައެވެ. އަދި މިބަލީގައި 46 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *