Ad
މިއަދުގެ މެންދުރެއްހާއިރު ފައިސާ ބޮޑިއެއް ފެނިފައިވާކަމަށް ޢާންމު ފަރާތަކުން ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއްގައި، ފައިސާ ފެނުނުކަމަށް ބުނާ ހެންވޭރު ސަހަރާ ކައިރި ސަރަހައްދު -: ފޮޓޯ: ރަޝްވާން /އެފްބީ
މިއަދުގެ މެންދުރެއްހާއިރު ފައިސާ ބޮޑިއެއް ފެނިފައިވާކަމަށް ޢާންމު ފަރާތަކުން ފޭސްބުކްގައި ޖަހާފައިވާ ޕޯސްޓެއްގައި، ފައިސާ ފެނުނުކަމަށް ބުނާ ހެންވޭރު ސަހަރާ ކައިރި ސަރަހައްދު -: ފޮޓޯ: ރަޝްވާން /އެފްބީ

މަގުމައްޗަށް ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ޢާންމުންގެ އެހީއަށް ފުލުހުން އެދެފި

ޢާންމު ފަރާތަކުން ބޭންކުން ނެގި ފައިސާތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ މަގުމައްޗަށް ގެއްލިފައިވާކަމަށް ހުށައެޅުނު މައްސަލައަކާ ގުޅިގެން، އެފައިސާތައް ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް ފުލުހުން އެދެފިއެވެ.

ފުލުހުންގެ ރަސްމީ ޓްވިޓަރ އަތްގަނޑުން މީގެ އިރުކޮށްޅެއް ކުރިން ކޮށްފައިވާ ޓްވީޓެއްގައި މިކަން ހާމަކޮށް، އެއިން އެއްވެސް ފައިސާއެއް ފެނިއްޖެނަމަ ނުވަތަ އެފައިސާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 ފޯނަށް ގުޅައި އެމައުލޫމާތެއް ހިއްސާކުރުމަށް އެދިފައިވެއެވެ.

މަގުމައްޗަށް ވެއްޓި ގެއްލޭ ނުވަތަ ޓެކްސީތަކަށް ދޫކޮށްފައި ދެވޭ ފައިސާއާއި އަގުބޮޑެތި ތަކެތި އަނބުރާ ވެރިފަރާތާ ޙަވާލުކުރެވުމުގައި ޢާންމު ރައްޔިތުންގެ ފަރާތުން ނަމޫނާ ފެނިގެން ގޮސްފައިވެއެވެ. ދާދިފަހުން އައްޑޫ ސިޓީގެ މަގެއްގެ މައްޗަށް ވެއްޓިފައިވާ ގިނަ އަދަދެއްގެ ފައިސާއާއި މާލެ ސިޓީގެ މަގުމައްޗަށް ވެއްޓިފައިވާ ގިނަ އަދަދެއްގެ ފައިސާވެސް ޢާންމުފަރާތަށް ފެނިގެން، އަމާނާތްތެރިކަމާއެކު އެފައިސާ އޭގެ ވެރިފަރާތަށް ރައްދުކޮށްދީފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *