Ad
ސ.މަރަދޫ ބަނދަރު. ފޮޓޯ:އެމް.ޓީ.ސީ.ސީ
ސ.މަރަދޫ ބަނދަރު. ފޮޓޯ:އެމް.ޓީ.ސީ.ސީ

ސ.މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢު ނިމިއްޖެ

ސ. މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްގެން ކުރިޔަށްގެންދިޔަ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ގައެވެ.

ސ.މަނަރޫ ބަނދަރު. ފޮޓޯ:އެމް.ޓީ.ސީ.ސީ

އެމްޓީސީސީން ބުނީ، މަރަދޫ ބަނދަރުގެ ބޭރުތޮށި މަރާމާތު ކުރުމަށް ކުރިޔަށް ގެންދިޔަ މަޝްރޫޢުގެ ދަށުން 873،18 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 419 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 340 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖަހާފައިވާ ކަމަށެވެ. އަދި މިމަޝްރޫޢުގެ ދަށުން 40 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ރޭނުމާއި، 975,1 އަކަމީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހަދާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 3 ވަނަ އަމަލީ މަސައްކަތް ފެށި މިމަޝްރޫއަށް ޖުމްލަ 25.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *