Ad
ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފަލެޓްތައް. ފޮޓޯ: އިރުވަރު އޮންލައިން
ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ފަލެޓްތައް. ފޮޓޯ: އިރުވަރު އޮންލައިން

ހިޔާ މަޝްރޫޢުގެ H7 ކެޓަގަރީން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ޢާއްމުކޮށްފި

"ހިޔާ މަޝްރޫޢު" ގެ ދަށުން ފުލެޓަށް އެދި H7 ކެޓަގަރީއަށް ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާއްމުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނެއްގައި ބުނީ، "ހިޔާ" މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި، ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ދިރާސާ ކޮށްފައިވާ ކަމަށެވެ.

ރައީސް އޮފީހުން ވަނީ، ހިޔާ މަޝްރޫޢުގެH7 ކެޓަގަރީއަށް ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކޮމިޓީން ބެލި ބެލުމުގައި އެ ކެޓަގަރީއަށް ފޯމް ހުށަހެޅުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ވަގުތީ ލިސްޓު 1 އަދި ލިސްޓު 2 އާންމު ކޮށްފައެވެ.

މިގޮތުން މިކެޓަގަރީން ޝަރުތު ހަމަވާ މިދެ ލިސްޓުގައި 7،808 ފަރާތެއް ހިމެނެއެެވެ.

އަދި ޝަރުތު ހަމަނުވާ ފަރާތްތަކުގެ ލިސްޓުވެސް ސަބަބާއެކު އާންމު ކޮށްފައިވާއިރު، މިލިސްޓުގައި ފޯމް ލީ ފަރާތަކުގެ ތެރެއިން 1،248 މީހުންގެ ނަން ހިމެނެއެވެ.

މީގެއިތުރުން މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ގެންދެވިފައިނުވާ ފަރާތްތައްވެސް ސަބަބާއެކު ވަގުތީ ލިސްޓުގައި ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުން ވަނީ، މިކެޓަގަރީއަށް ފޯމް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ 15:00 ނިޔަލަށް ހުޅުވާލާފައެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. މީގެއިތުރުން މިމަޝްރޫޢުގެ އެހެން ކެޓަގަރީތަކުގެ މަސައްކަތްވެސް ނިމުނުހާ އަވަހަކަށް ވަގުތީ ލިސްޓް އިއުލާންކުރާނެ ކަމަށްވެސް އެއޮފީހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *