Ad
މާލޭގައި ވަންނާނެ ތަނެއް ނެތިފައިވާ ބައެއް . ފޮޓޯ:ޕީ،އެސް.އެމް ނިއުސް
މާލޭގައި ވަންނާނެ ތަނެއް ނެތިފައިވާ ބައެއް . ފޮޓޯ:ޕީ،އެސް.އެމް ނިއުސް

މަގުމަތިވެފައިވާ މީހުންނަށް ކ. ގުޅިފަޅުގައި ވަގުތީ ހިޔާތަކެއް ޤާއިމްކުރަނީ

މާލޭގައި ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ކ. ގުޅިފަޅުގައި ޤާއިމްކޮށްފައިވާ ހިޔާތަކުގައި "ވަގުތީ ޝެލްޓަރ އެއް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ވަނީ ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލެ ސިޓީގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ހާލަތު ދެނެގަނެ، އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުގެ ކަމާއި ގުޅޭ އިދާރާތަކާއެކު މަސައްކަތްތަކެއް ފަށާފައެވެ.

އެގޮތުން މިފަރާތްތަކުގެ އިންސާނީ އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި ކުރަން ފެށި މަސައްކަތުގެ ތެރެއިން ޙާލަތު ވަަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކ. ގުޅިފަޅުގައި ޤާއިމްކޮށްފައިވާ ހިޔާތަކުގައި "ވަގުތީ ޝެލްޓަރ" އެއް ޤާއިމްކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މިމަސައްކަތްތަކާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، މީގެ ތެރެއިން ޑިޓޮކްސިފިކޭޝަން ފަރުވާ ބޭނުންވާ ފަރާތްތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނޭޝަނަލް ޑްރަގް އެޖެންސީން ބަލަހައްޓަމުންދާ ޑިޓޮކްސް ކޭމްޕްގައި ބޭތިއްބުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި ކ.ގުޅީފަޅާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ މަރުކަޒުތަކަށް މީހުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ ރުހުމާއިއެކު އެފަރާތްތަކާއިއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މިމަރުކަޒުތަކަށް ގެންދާ މީހުން އެތަނުގައި ހޭދަކުރާ މުއްދަތުގައި ދާއިމީ ހިޔާވައްސެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ. އަދި އެ ފަރާތްތަކުގެ ހުރި ހުނަރުތައް ދެނެގަނެ ލައިފް ސްކިލްސް ތަމްރީން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން، ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ރޭވިފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *