Ad

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި މިހާތަނަށް 2539 ފަރާތުން ކިޔެވުން ހުށަހަޅައިފި

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާރޗުއަލް ޤައުމީ މުބާރާތް 2020 ގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން މިހާތަނަށް 2539 ފަރާތުން ކިޔެވުން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިސްނެންގެވުމުގެ މަތީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒާއި ގުޅިގެން ރިސޯޓުތަކުގެ އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މި މުބާރާތުގައި ބައިވެރިވުމަށް މިހާތަނަށް 3055 ފަރާތަކުން ފޯމް ހުށަހަޅާފައިވާއިރު، މީގެތެރެއިން މިމުބާރާތުގައި ބައިވެރިވެ ކިޔެވުން ހުށަހަޅާފައިވަނީ 2539 ފަރާތުން ކަމަށެވެ.

މިމުބާރާތުގެ އޮޑިޝަން ބުރު މިހާރު ނިމިފައިވާއިރު، ދެން ކުރިއަށްދާނީ ފައިނަލް ބުރެވެ. ފައިނަލް ބުރު ކުރިއަށްދާނީ، މިމަހުގެ 13 ވާ އާދިއްތަ ދުވަހުގެ 08:00 އިން މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، 8 ޢުމުރުފުރާއަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާުތުގައި މި ޢުމުރު ފުރާގެ ތެރޭގައި ހިމެނޭ ކޮންމެ ދިވެހި ރައްޔިތަކަށްވެސް  ބައިވެރިވެވޭނެ ކަމަށެވެ.

މި މުބާރާތުގައި ރަޖިސްޓްރީވުމާއި ވީޑިޔޯ އަޕްލޯޑް ކުރުން ކުރިއަށްދާނީ، މި މުބާރާތަށް ޚާއްސަކޮށްފައިވާ ޕޯޓަލް https://portal.nchq.gov.mv އިންނެވެ. އަދި ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މިނިސްޓްރީންވަނީ ބުނެއެވެ.

މިމުބާރާތަކީ، މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާރޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *