Ad

އަހަރުގެ ދުނިޔޭގައި އެންމެ ފާހަގަކޮއްލެވޭ ކުޅުންތެރިޔަކަށް ރޮނާލްޑޯ!

2020 ވަނަ އަހަރުގެ "ގޯލްޑަން ފުޓް" އެވޯޑް އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހާސިލްކޮށްފިއެވެ.

ގޯލްޑަން ފުޓް އެވޯޑަކީ ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން އެއަހަރެއްގެ ތެރޭގައި ވަކި ކުޅުންތެރިއެއްގެ ގޮތުންވެސް އަދި ޓީމެއްގެ ގޮތުގައި އެތްލެޓިކް ގޮތުން އަދި ޝަހްސިއްޔަތެއްގެ ގޮތުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއަށް ދުނިޔޭގެ އެކި ކުޅިވަރު ނޫސްވެރިންގެ މެދުގައި ވޯޓުލައިގެން ދެވޭ ބައިނަލްއަގްވާމީ އެވޯޑެކެވެ.

މިއެވޯޑް ހާސިލްކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައިި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންވެސް ހިމެނެއެވެ. އޭގެތެރޭގައި ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އާއި ރޮނާލްޑީނިއޯގެ އިތުރުން ރޮބާޓޯ ކާލޮސްވެސް ހިމެނެއެވެ. އެވޯޑް ދޭން ފެށިތާ 18 އަހަރު ވެފައިވާއިރު 2003 ވަނަ އަހަރު އެންމެ ފުރަތަމަ މިއެވޯޑް ހާސިލްކުރީ އިޓަލީގެ ރޮބާޓޯ ބާޖިއޯއެވެ. އަދި މިއެވޯޑް އެންމެ ފަހުން ހޯދާފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރ އަދި ބެލަންޑޯ އެވޯޑްވެސް ހާސިލްކޮށްފައިވާ ލޫކާ މޮޑްރިޗްއެވެ.

މިއެވޯޑަކީ ހަމައެކަނި 28 އަހަރުން މަތީގެ ފުޓުބޯޅަ ކުޅުންތެރިންނަށް ދެވޭ އެވޯޑެކެވެ. މި އެވޯޑްގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ އެވޯޑް ހާސިލްކުރާ ކޮންމެ ކުޅުންތެރިއެއްގެ ފައިގެ ނިޝާން ރަންކުލައިގެ ޕްލޭޓަކަށް ޕްރިންޓް ކުރުމަށްފަހު ޗެމްޕިއަންސް ޕްރޮމިނޭޑްގައި ބެހެއްޓޭކަމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *