Ad

ނޫސްވެރިން އެއްކޮށްގެން ރާފުޅި ތަޅާލާ މަންޒަރު ދައްކަވާފަ، ޢުމުރަށް ޙުކުމްކޮށްފަ ތިބޭ ފަރާތްތައް ދޫކޮށްލީމާ ކިހިނެއްވާނީ؟ ޑރ.ޝަހީމް

24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ޢުމުރަށް ޙުކުމްކޮށްފައިވާ މީހަކުވަނީ ދޫކޮށްފާފައި

ފުލުހުން ނޫސްވެރިން އެއްކޮށްގެން ރާފުޅި ތަޅާލާ މަންޒަރު ދައްކަވާފައި، އަނެއްކޮޅުން ޑްރަގް ވިއްކައިގެން ޢުމުރަށް ޙުކުމްކޮށްފައި ތިބޭ ފަރާތްތައް ދޫކޮށްލީމާ ވާނީ ކިހިނެއްތޯ އައްސަވައި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަރުކާރަށް ނުސީދާ ފާޑެއް ކިޔުއްވައިފިއެވެ.

ޝަހީމް މިފަދަ މޭރުމަކުން ސުވާލުކޮށްފައި މިވަނީ، މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާފައިވާ މީހަކު މިނިވަންކުރިކަމަށްބުނެ މިހާރު ނޫހުގައި ލިޔެފައިވާ ޚަބަރެއް ހިމެނުއްވުމާއެކު މިރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައެވެ.

2014 ވަނަ އަހަރުގެތެރޭގައި ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް ކުރި މަސައްކަތެއް ފަޅާއަރުވާލައި 24 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައި ވަނީ ކަނޑުމަތީގައި ގިނަ ދުވަސްތަކަކަށް ހިންގި އޮޕަރޭޝަނަކަށްފަހުގައި، ރާއްޖެއައި އީރާނުގެ ބޯޓަކުންނެވެ. އަދި މި މައްސަލައާ ގުޅިގެން ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި ޢުމުރުދުވަހަށް ޖަލަށްލާފައިވާ ދެމީހުންގެ ތެރެއިން އެކަކު، މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ދޫކޮށްލާފައި ވާކަމަށް މިހާރު ނޫހުން މިއަދު ރިޕޯޓުކޮށްފައި ވެއެވެ.

ފުލުހުން ކުރިއަށްގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ނޫސްވެރިން ބައިވެރިކޮށްގެން އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ފުލުހުން މިދިޔަމަހު ފެށުމާއެކު، މާލެތެރޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަނަށަށް ފުލުހުން ޖެހި "ރޭޑް" ތަކުގައި ނޫސްވެރިން ބައިވެރިކޮށް، "ލައިވް" ފޮޓޯއާއި ވީޑިއޯ ނެގުމުގެ ފުރުޞަތުވެސް، ކަނޑައެޅޭ ވަކިއުޞޫލަކުން ރާއްޖެގެ މީޑިއާތަކަށް ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *